logo
ރާއްޖޭ ފުރަތަމަ ނިއޮނޭޓަލް ނާރސަސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު

ރާއްޖޭ ފުރަތަމަ ނިއޮނޭޓަލް ނާރސަސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު

އަލަށް އުފަންވާ ތުއްތު ކުދިންގެ ފަރުވާއާ ގުޅޭ ނިއޮނޭޓަލް ކޮންފަރެންސް ފަށައިފި

profile

އައިޝަތު އިބްރާހިމް - 10 ސެޕްޓެމްބަރު 2025 - 07:05

ރާއްޖޭގެ ފުރަތަމަ ނިއޮނޭޓަލް ނާސެސް ކޮންފަރެންސް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

https://wamco.com.mv/

ދަރުމަވަންތަ ހޮސްޕިޓަލުގައި ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ކޮންފަރެންސް އިފްތިތާހްކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.

މި ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ އަލަށް އުފަންވާ ކުދިންގެ ދުޅަހެޔޮކަމަށް އިސްކަންދިނުމަކީ އިންސާނީ ދުޅަހެޔޮކަމުގެ ބިންގާ ކަމަށާއި، މި ދާއިރާގައި ކުރިއެރުން ހޯދުމަށް ގިނަ ވަސީލަތާއި އިންސާނީ ހުނަރު ބޭނުންވާ ކަމަށެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ސިއްހީ ނިޒާމުތަކާ ފައިހަމަ ކުރުމަށް އަބަދުވެސް މަސައްކަތްކުރަންޖެހޭ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ މި ކޮންފަރެންސްގެ ސަބަބުން ނާޒުކު ހާލަތުގައި ތިބޭ ތުއްތުކުދިންނަށް ދެވޭ ފަރުވާ އިތުރަށް ހަރުދަނާވެ، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ހިދުމަތްތައް ރަނގަޅުވެގެންދާނެ ކަމަށެވެ. އަދި ހޮސްޕިޓަލްތަކުން މިފަދަ މުހިންމު ހިދުމަތްތައް ފުޅާކުރުމަށް މިހާރަށްވުރެވެސް ބޮޑަށް މަސައްކަތްކުރުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

undefinedރާއްޖޭ ފުރަތަމަ ނިއޮނޭޓަލް ނާރސަސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު

އުފަންވާއިރު ނާޒުކު ހާލަތުގައި ތިބޭ ކުދިންނަށް ދެވޭ ފަރުވާގެ ފެންވަރު ވޭތުވެދިޔަ މުއްދަތުގައި މަތިކުރެވުމުން އުފަންވާއިރު އެހާލަތުގައި ތިބޭ ކުދިންގެ ފުރާނަ ސަލާމަތްކުރުމަށް ބޮޑު ކުރިއެރުންތަކެއް ހޯދިފައިވާކަމަށް ރައްޒާގު ވިދާޅުވިއެވެ. އެހެންނަމަވެސް އަދިވެސް ރާއްޖޭގައި މިދާއިރާއިން ޚާއްސަ ސްޕެޝަލައިޒްޑް ޑޮކްޓަރުންނާއި ނަރުހުން ނެތުމުގެ ކަންބޮޑުވުންވެސް ރައްޒާގު ފާޅުކުރެއްވިއެވެ.

"ފަރުވާދިނުމުގައި ގިނަ ކުރިއެރުން ގެނެވުމާއެކު، އުފަންވާއިރު، ނާޒުކު ޙާލަތުގައި ތިބޭ ކުދިންގެ ދިރިހުރުމުގެ ނިސްބަތް އިތުރުވެފައިވާކަން ފާހަގަކުރެވޭ. ނަމަވެސް ތަމްރީނުވެފައިވާ ނިއޮނޭޓަލް ނަރުހުން މަދުކަން ފާހަގަކުރެވޭ. އަދި ސްޕެޝަލައިޒްޑް ނިއޮނޭޓަލް ނަރުހަކު ނެތުމަކީވެސް މިއީ ކުރިމަތިވެފައިވާ ގޮންޖެހުމެއް."މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް

ސީއީއޯ ރައްޒާގު ފާހަގަކުރެއްވި ގޮތުގައި، މާލެ ސަރަހައްދުގައި ނިއޮނޭޓަލް ފަރުވާއަށް ޖުމްލަ 40 އެނދު ހުރެއެވެ. އޭގެތެރޭގައި އައިޖީއެމްއެޗްގައި 18 އެނދާއި، ހުޅުމާލޭ ހޮސްޕިޓަލުގައި 14 އެނދާއި، ދަރުމަވަންތަ ހޮސްޕިޓަލުގައި 10 އެނދު ހިމެނެއެވެ.

މި ކޮންފަރެންސްގައި ވާހަކަދައްކަވަމުން ސީއީއޯ ރައްޒާގު ވިދާޅުވީ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އެހީތެރިކަމާއެކު އަތޮޅުތަކުގެ ހޮސްޕިޓަލުތަކުގެ އެންއައިސީޔޫގެ ޚިދުމަތްތައްވެސް ހަރުދަނާކުރުމަށްދަނީ މަސައްކަތް ކުރަމުން ކަމުގައެވެ.

މިވަގުތުވެސް ށ.އަތޮޅު ހޮސްޕިޓަލުގެ އެންއައިސީޔޫގެ ނަރުހަކު ހުޅުމާލޭ ހޮސްޕިޓަލުގައި ތަމްރީންވަމުން. ނިއޮނޭޓަލް ނަރސެސް ކޮންފަރެންސާއެކު މިދާއިރާއިން އީޖާދީ އަދި ދިރާސީ ހެކީގެ އަލީގައި ބައިނަލްއަޤުވާމީގޮތުން ހޯދިފައިވާ ކާމިޔާބީތަކާއި މެދު މަޝްވަރާކޮށް އެކަންކަން ފަރުވާގައި ހިމެނުމާއެކު ރާއްޖޭގެ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާވާނެ". މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް

ދެދުވަހުގެ މުއްދަތަށް ދަރުމަވަންތަ ހޮސޕްިޓަލުގައި ކުރިއަށްގެންދާ ރާއްޖޭގެ ފުރަތަމަ ނިއޮނޭޓަލް ނަރސެސް ކޮންފަރެންސްގައި މާލެ ސަރަޙައްދުގެ ހުރިހާ އެންއައިސީޔޫއަކާއި، ހުރިހާ ރީޖަނަލް ހޮސްޕިޓަލެއްގެ އެންއައިސީޔޫގައި މަސައްކަތް ކުރައްވާ ނަރުހުންގެތެރެއިން 2 ނަރުހުން ހިމެނޭހެން 40 ނަރުހަކުވަނީ ބައިވެރިވެފައެވެ.

https://wamco.com.mv/
tel:+9607331319