
ބަރުބަރީ މިސްކިތް ރަމަޟާންމަހުގެ ކުރިން ހުޅުވަނީ

ޝަހްޒާ މުޙައްމަދު - 17 ޖެނުއަރީ 2026 - 14:28
މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިސްކިތް އަންނަ ރަމަޟާން މަހުގެކުރިން ހުޅުވޭނެކަމަށް އިސްލާމިކް މިނިސްޓްރީއިން ބުންޏެވެ.
އެ މިނިސްޓްރީއިން މި މިސްކިތް ބިނާކުރުމަށް ހަވާލުކޮށްފައިވަނީ އަމިއްލަ ފަރާތަކާއެވެ. އަދި އެކަމާއި ގުޅޭ އެއްބަސްވުމުގައި އެ ވުޒާރާއިން ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީމަހުގެ ތެރޭގައެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނީ ބަރުބަރީ މިސްކިތުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެކަމަށެވެ. އަދި އަންނަ ރަމަޟާން މަހުކުރިން އެ މިސްކިތް ހުޅުވާ، ރަމަޟާންމަހު އެތަނުގައި ނަމާދުކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
3 ބުރިއަށް އިމާރާތްކުރާ މި މިސްކިތަކީ 1400 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިސްކިތްތައް ބިނާކުރުމުގެ މަޝްރޫޢުތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަމާދުކުރާނެ ޖާގަ އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި އަހަރުގެ ތެރޭގައި ގިނަ މިސްކިތްތަކެއް ހުޅުވުމަށް ވަނީ ނިންމާފައެވެ.
ރަމަޟާންމަހާއި ދިމާކޮށް ކޮންމެ އަހަރަކުވެސް އައު މިސްކިތް ހުޅުވުމުގެ މަސައްކަތާއި، މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ސަރުކާރުން ކުރެއެވެ. މިއަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމަށްވެސް މިމަސައްކަތްތައް ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓްރީއިން ބުންޏެވެ. އެގޮތުން އަންނަ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މުޅި އައު 15 މިސްކިތުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ގޭހާއި ތެޔޮ އަދި ކާބޯތަކެތި ހުސްނުވެ ލިބޭނެކަން ޔަގީންކުރެވެންވާނެ: ފައިސަލް ނަސީމް
20 ގަޑިއިރު ކުރިން

އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ 5 މީހުން މަރުވުން، ވިސްނާލުން މުހިއްމު ކަމެއް !
2 ދުވަސް ކުރިން

އަލިފާނުގެ ހާދިސާގައި ބިދޭސީންތަކެއް މަރުވި މައްސަލަ އެޗްއާރުސީއެމްގެ ސަމާލުކަމަށް!
2 ދުވަސް ކުރިން

މަސްތުވާތަކެތީގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
2 ދުވަސް ކުރިން


.gif&w=3840&q=75)