logo
ވަރަ އެކްސްޕޯގައި ދިވެހި ފުލުހުން / ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް

ވަރަ އެކްސްޕޯގައި ދިވެހި ފުލުހުން / ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް

"ވަރަ އެކްސްޕޯ": ފުލުހުންގެ ދާއިރާގެ ގިނަ ފުރުސަތުތަކެއް

profile

އައިޝަތު އިބްރާހިމް - 08 ނޮވެމްބަރު 2025 - 06:29

ހުޅުމާލެ ސެންޓްރަލް ޕާކުގައި ނޮވެމްބަރު މަހުގެ 6 އިން 8 އަށް ކުރިއަށް ގެންދާ "ވަރަ އެކްސްޕޯ" ގައި ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ބައިވެރިވަމުންނެވެ.

https://wamco.com.mv/

ދިވެހި ޒުވާނުންގެ ކިބައިގައި ހުނަރުތައް އަށަގަންނުވައި، ފުލުހުންގެ ޚިދުމަތުގައި ހުރި ވަޒީފާގެ ފުރުސަތުތައް ހިއްސާކޮށް އަދި ތަމްރީނުގެ ފުރުސަތުތަކާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މި އެކްސްޕޯގެ ތެރެއިން މަސައްކަތް ކުރަމުން އަންނަ ކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ.

އެގޮތުން، އެކްސްޕޯގެ އެޑިއުކޭޝަން ޒޯންގައި، ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯއެންފޯސްމަންޓުން ބައިވެރިވެ، މި ދާއިރާގައިހުރި މަތީ ތައުލީމުގެ ފުރުސަތުތަކާއި ހުނަރުތައް ތަރައްގީކުރުމަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

View post on Twitter

މީގެ އިތުރުން ސްކިލްސް އެކްސްޕީރިއަންސް ޒޯންގައި ބައިވެރިވެ، ފުލުހުންގެ ޚިދުމަތުގައި ހުރި ތަފާތު ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އެގޮތުން، ފޮރެންސިކް ސާވިސަސް، ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީ، ސައިބަރ ކްރައިމް ސެންޓަރު، އެންޓި ސްކޭމް ސެންޓަރު، މެރިން ޕޮލިސް، އިންޖިނިއަރިންގ އެންޑް މެކޭނިކަލް ސާވިސް އަދި ވޯކްފޯސް ޕްލޭނިންގ އެންޑް މެނޭޖްމަންޓުން ބައިވެރިވެފައިވާކަން ދިވެހި ފުލުހުންގެ ޚިދުމަތުން ފާހަގަކޮށްފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk