logo

އޮކްޓޫބަރުގެ ނިޔަލަށް 188،359 ބިދޭސީންގެ ބަޔޯމެޓްރިކްސް ވަނީ ނަގާފަ

profile

ޝަހްޒާ މުޙައްމަދު - 08 ނޮވެމްބަރު 2025 - 10:15

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ފަށްޓާފައިވާ "އޮޕަރޭޝަން ކުރަންގި"ގެ ދަށުން އެއްލައްކަ އައްޑިހައަށް ހާހަހަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައިވާކަމަށް ހޯމް މިނިސްޓަރު ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މިނިސްޓަރު އިޙްސާން މިހެން ވިދާޅުވީ ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ހާލަތާއި ގުޅޭގޮތުން ކުރިއަށް ގެންދާ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހޯމް މިނިސްޓްރު އިޙްސާން ވިދާޅުވީ އޮޕަރޭޝަން "ކުރަނގި" އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، އެފަރާތްތައް ގަވާއިދުގެ ތެރެއަށް ވެއްދުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. އެގޮތުން މި މަޝްރޫއު މިހާރު މުޅި ރާއްޖެއަށް ފުޅާކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ޑޭޓާ އެއްކުރުމަށް ރަށު ކައުންސިލްތަކުގައި ވަސީލަތްތައް ގާއިމް ކުރަމުންދާއިރު، ރިސޯޓުތަކަށްވެސް ފުޅާކުރުމަށް މަސައްކަތްކުރައްވަމުންގެންދަވާކަމަށެވެ. 30 އޮކްޓޯބަރ 2025 ގެ ނިޔަލަށް ޖުމްލަ 188359 ބިދޭސީންގެ ބަޔޮމެޓްރިކްސް އެއްކޮށްފައިވާކަމަށް ވަޒީރު އިހްސާން ވިދާޅުވިއެވެ.

އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ގަނޫނާއި ގަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކުރާނެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay