logo

މޯލްޑިވިއަންއިން ބަންގްލަދޭޝްއަށް ދަތުރުފަށަނީ

profile

ޝަހްޒާ މުޙައްމަދު - 03 ޖެނުއަރީ 2026 - 07:17

ގައުމީ އެއާލައިން، މޯލްޑިވިއަން އިން ބަންގްލަދޭޝްއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ކުރާ ޝެޑިއުލްޑް ދަތުރުތައް އަލުން ފަށަން ނިންމައިފިއެވެ.

https://wamco.com.mv/

މާލެއާއި ބަންގްލަދޭޝްއާ ދެމެދު ކުރާ ސީދާ ދަތުރުތައް މާރިޗު މަހުގެ 12 ވަނަ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ. މި ދަތުރުތުގެ ޓިކެޓު ވިއްކަން އެ އެއަރލައިނުން މިހާރު ވަނީ ފަށާފައެވެ.

މޯލްޑިވިއަނުން ބުނެފައިވަނީ، މި ދަތުރުތައް އަލުން ފަށަން ނިންމާފައިވަނީ ދިވެހިންނާއި، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުހީބަށް ބަލައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ކަމަށެވެ.

މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި އާދީއްތަ ދުވަހުއެވެ. ދަތުރުތަކުގެ ވަގުތުތައް ރޭވިފައިވަނީ ފަތިހުގެ ވަގުތެއްގައި ޑާކާއަށް ފޯރާ ގޮތަށެވެ. މީގެ ސަބަބުން އެހެން މަންޒިލްތަކަށް ދަތުރުކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ކަނެކްޓިން ފްލައިޓްތައް ލިބޭނެ ކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.

މި ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގު ފެށެނީ 399 އެމެރިކާ ޑޮލަރު އިންނެވެ. މީގެ އިތުރުން، ކޮންމެ ފަސިންޖަރަކަށް 30 ކިލޯގެ ޗެކްޑް ބެގޭޖް އެލަވަންސް އާއި ފްލައިޓްގައި ކެއުމުގެ ހިދުމަތް ލިބޭނެ ކަމަށާއި، މި ދަތުރުތަކަށް ބުކިން ހެދުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.

މޯލްޑިވިއަނުން ބުނީ، ޓިކެޓް ބުކް ކުރުމަށް މޯލްޑިވިއަންގެ ވެބްސައިޓް، މޯބައިލް އެޕްލިކޭޝަން ނުވަތަ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay