logo

ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 13 ނޮވެމްބަރު 2025 - 11:44

ރާއްޖެއަށް މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.9 މިލިއަނަށް އަރައިފިއެވެ.

https://wamco.com.mv/

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 1،904،110 އެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ ލިސްޓަށް ބަލާއިރު ލިސްޓްގެ އެންމެ ކުރީގައި އުޅެނީ ޗައިނާއެވެ.

ޗައިނާއިން 300،964 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ދެވަނަ އަށް ރަޝިޔާއިން ވަނީ 239،715 ފަތުރުވެރިން އަދި ތިންވަނަ އަށް އިނގިރޭސި ވިލާތުން ރާއްޖެއަށް ވަނީ 169،285ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

އިނގިރޭސިވިލާތަށްފަހު ދެން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވަނީ ޖަރުމަނުވިލާތުންނެވެ. އެގައުމުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 142،430 ފަތުރުވެރިންނެވެ. ހަތަރުވަނައިގައި އިޓަލީ ވިލާތުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 124،593 ފަތުރުވެރިންނެވެ.

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 1.39 މިލިއަން ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓުގަ އެވެ.

އަދި ގެސްޓްހައުސްތަކުގައި 408،608 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު، ހޮޓާތަކުގައި 48،715 ފަތުރުވެރިންވަނީ ޗުއްޓީ ހޭދަކޮށްފަ އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay