
ކަނޑު އަޑީގައި ފެން އުފައްދާ ނިޒާމު ގާއިމުކުރުމާ ގުޅޭ ދިރާސާ ފެށުން---
ކަނޑު އަޑީގައި ފެން އުފައްދާ ނިޒާމު ގާއިމުކުރުމާ ގުޅޭ ދިރާސާ ފަށައިފި

ޖިނާން ޙުސައިން ޖަބީން - 18 އޮކްޓޯބަރު 2026 - 03:13
ރާއްޖޭގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް، ކަނޑުގެ އަޑީގައި ފެން އުފައްދާ ނިޒާމެއް ގާއިމުކުރުމަށްޓަކައި ހަދަންޖެހޭ ދިރާސާތަކާއި ފެން ތަހުލީލުކުރުމުގެ މުހިންމު މަސައްކަތްތައް އެމްޑަބްލިޔުއެސްސީން ފަށައިފިއެވެ.
އެމްޑަބްލިޔުއެސްސީ އާއި ގުޅިގެން މި މަސައްކަތް ކުރަނީ ނޯވޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ، "ފްލޯޝަން" ކުންފުނިންނެވެ. މި މަސައްކަތުގެ ދަށުން މިވަގުތު ކުރިއަށްދަނީ ރާއްޖޭގައި މިފަދަ ޓެކްނޮލޮޖީއެއް ބޭނުންކުރުމުގެ ގާބިލުކަން ހުރި މިންވަރު ދެނެގަތުމަށް ކުރިއަށްގެންދާ ދިރާސާއެކެވެ. މި ދިރާސާގެ މުހިންމު ބައެއްގެ ގޮތުން، ފްލޯޝަން ކުންފުނީގެ ފަންނީ ޓީމުން ވަނީ ކަނޑުގެ 500 މީޓަރުގެ ފުންމިނުން ފެނުގެ ސާމްޕަލްތައް ނަގައި ތަހުލީލުކޮށްފައެވެ. ފުރަތަމަ މަރުހަލާގެ ނަތީޖާތަކުން ދައްކާ ގޮތުގައި، މި ސަރަހައްދުގެ ކަނޑުގެ އަޑީގެ ފެނަކީ އާދަޔާ ހިލާފަށް ސާފު އަދި ފެންވަރު ރަނގަޅު ފެނެކެވެ.
މިއީ ސާފު ބޯފެން އުފެއްދުމަށް ބޭނުންކުރެވޭނެ އެންމެ މަތީ ފަންތީގެ ގުދުރަތީ ވަސީލަތެއްކަން ލެބޯޓްރީ ޓެސްޓުތަކުން ޔަގީންކުރެވިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ވަނީ ބުނެފައެވެ.
ފްލޯޝަން ކުންފުނީގެ މި އީޖާދީ ޓެކްނޮލޮޖީއަކީ ކަނޑުގެ ތަބީއީ ހައިޑްރޯސްޓެޓިކް ޕްރެޝަރު ބޭނުންކޮށްގެން ރިވާސް އޮސްމޯސިސް މަރުހަލާ ފުރިހަމަކުރާ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. މިގޮތަށް ފެން އުފެއްދުމުން، ކަރަންޓު ހަރަދު 40 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ މިންވަރަކަށް ކުޑަކުރެވި، ކެމިކަލް ބޭނުންކުރަންޖެހޭ މިންވަރު މަދުވެގެންދާނެއެވެ. ނަތީޖާއެއްގެ ގޮތުން، ތިމާވެއްޓަށް ލިބޭ ގެއްލުންތައް ނުހަނު ބޮޑަށް ކުޑަކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
އެމްޑަބްލިޔުއެސްސީން ހާމަކުރި ގޮތުގައި، މި ދިރާސާއިން ލިބޭ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ޓެކްނިކަލް ގޮތުންނާއި ވިޔަފާރީގެ ގޮތުން މި ނިޒާމުގެ ދެމެހެއްޓެނިވިކަން ފުރިހަމައަށް ވަޒަންކުރެވޭނެއެވެ. މިހާތަނަށް ހޯދުނު ހޯދުންތަކުން ދައްކާ ގޮތުގައި، މި ޕްލާންޓް ގާއިމުކުރުމަށް އެންމެ އެކަށީގެންވާ ސަރަހައްދަކީ ގިރާވަރުފަޅާ ދިމާލު ބޭރު ކަނޑު ކަމަށް ވެސް އެ ކުންފުނިން ވަނީ މައުލޫމާތު ދީފައެވެ.
ގުޅުން ހުރި ޙަބަރުތައް

"އައްޑޫ އަދި ފުވައްމުލަކުގައި މިހާރު ނަގަނީ ބިލްކުރުމުގެ އައު މަރުހަލާ ފެށުމަށް ނަގާ ރީޑިންގ، ފުރަތަމަ ބިލް ލިބޭނީ އަންނަ މަހު"
8 ގަޑިއިރު ކުރިން
.webp&w=3840&q=75)
ފެންކުފުނީގެ ޑީއެމްޑީ މަޤާމުން ވަކިކޮށްފި
އަހަރެއް ކުރިން

އައު ޓަރމިނަލަށް ސާފު ބޯފެން ފޯރުކޮށްދޭ ފެންހޮޅި އިފްތިތާޙްކޮށްފި
އަހަރެއް ކުރިން

ހިޔާގެ ބައެއް ޓަވަރުތަކުން މިރޭ މެންދަމު ފެނުގެ ޚިދުމަތް ކެނޑޭނެ: އެމްޑަބްލިޔުއެސްސީ
އަހަރެއް ކުރިން


