logo
އެމްޑަބްލިޔުއެސްސީގެ މައި އިދާރާ---

އެމްޑަބްލިޔުއެސްސީގެ މައި އިދާރާ---

އައްޑޫ އަދި ފުވައްމުލަކުގައި މިހާރު ނަގަނީ ބިލްކުރުމުގެ އައު މަރުހަލާ ފެށުމަށް ނަގާ ރީޑިންގ، ފުރަތަމަ ބިލް ލިބޭނީ އަންނަ މަހު: އެމްޑަބްލިޔުއެސްސީ

profile

ޖިނާން ޙުސައިން ޖަބީން - 28 އޮކްޓޯބަރު 2026 - 15:25

އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން މިހާރު ނަގަމުންދާ ފެން މީޓަރުގެ ރީޑިންގްތަކަކީ، ބިލް ކުރުމުގެ އައު މަރުހަލާ ފެށުމުގެ ގޮތުން ނަގާ ރީޑިންގތަކެއް ކަމަށާއި، ކަސްޓަމަރުންނަށް އެ ކުންފުނީގެ ފުރަތަމަ ބިލް ލިބޭނީ ނޮވެންބަރު މަހުގެ ބިލިންގ ސައިކަލުގައި ކަމަށް އެ ކުންފުނިން ބުނެފިއެވެ.

https://wamco.com.mv/

ރާއްޖޭގެ ދެކުނުގެ ދެ ސިޓީގެ ފެނުގެ ހިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރެވިފައިވާއިރު، އެ ކުންފުނިން ނެރުނު ނޯޓިސްއެއްގައި ބަޔާންކޮށްފައިވަނީ، ހުޅުދޫ އަދި މީދޫ ހިމެނޭހެން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގެ ގޭބިސީތަކުގައި މިހާރު ކުރިއަށްދަނީ މީޓަރު ރީޑިންގ ނެގުމުގެ މަސައްކަތް ކަމަށެވެ.

View post on Twitter

އެމްޑަބްލިޔުއެސްސީން މައުލޫމާތު ދޭ ގޮތުގައި، ފުރަތަމަ ނެގޭ ރީޑިންގއަށްފަހު، ގޭބިސީތަކުން ބޭނުންކުރާ ފެނުގެ މިންވަރަށް ބަލައި ކަސްޓަމަރުންނަށް އެ ކުންފުނީގެ ފުރަތަމަ ބިލް ފޮނުވާނީ ނޮވެންބަރު މަހުގެ ބިލިންގ ސައިކަލުގައެވެ. އަދި މިހާރު ކުރިއަށްދާ މީޓަރު ރީޑިންގ ނެގުމުގެ މަސައްކަތް ނިމުމުން، "ފުރަތަމަ ރީޑިންގ" ގެ ގޮތުގައި ރެކޯޑުކުރެވުނު އަދަދު ކޮންމެ ކަސްޓަމަރަކަށް ވެސް އެސްއެމްއެސް މެދުވެރިކޮށް ހިއްސާކުރާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އައްޑޫ އަދި ފުވައްމުލަކުގައި މީގެ ކުރިން ފެނާއި ނަރުދަމާގެ ހިދުމަތް ދެމުން އައީ ފެނަކަ ކޯޕަރޭޝަނުން ނަމަވެސް، ފެނަކަ އުވާލަން ސަރުކާރުން ނިންމާފައިވާތީ މި ހިދުމަތްތައް އެމްޑަބްލިޔުއެސްސީގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

މި ބަދަލާ ގުޅޭގޮތުން ނުވަތަ ބިލިންގ މަރުހަލާއާ ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރ ކެއަރ ނަންބަރު 1575 އަށް ގުޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

https://wamco.com.mv/
tel:+9607331319