logo
ވީއައިއޭގެ އައު ޓަރމިނަލަށް ސާފު ބޯފެން ފޯރުކޮށްދޭ ފެންހޮޅި އިފްތިތާހުކުރުން/ ފޮޓޯ: އެމްއޭސީއެލް

ވީއައިއޭގެ އައު ޓަރމިނަލަށް ސާފު ބޯފެން ފޯރުކޮށްދޭ ފެންހޮޅި އިފްތިތާހުކުރުން/ ފޮޓޯ: އެމްއޭސީއެލް

އައު ޓަރމިނަލަށް ސާފު ބޯފެން ފޯރުކޮށްދޭ ފެންހޮޅި އިފްތިތާޙްކޮށްފި

profile

އައިޝަތު އިބްރާހިމް - 22 ޖޫން 2025 - 11:19

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓު (ވީއައިއޭ)ގެ އައު ޓަރމިނަލަށް ސާފު ބޯފެން ފޯރުކޮށްދޭ ފެންހޮޅި މިއަދު އިފްތިތާޙްކޮށްފިއެވެ.

https://wamco.com.mv/

އެމްއޭސީއެލް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފަޅުތެރެއިން 635 މީޓަރު އަދި އެއްގަމުން 1،800 މީޓަރުގެ ދިގުމިނުގެ މި ފެން ލައިނަކީ އައު ޓަރމިނަލަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް އެޅި މުހިއްމު ފިޔަވަޅެއް ކަމަށެވެ.

ވީއައިއޭގައި އޮތް ރަސްމިއްޔާތެއްގައި ފެންހޮޅި އިފްތިތާޙްކޮށްދެއްވީ މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ އިބްރާހިމް ޝަރީފް މުޙައްމަދެވެ.

އަހަރަކު7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ފޯރުކޮށްދެވޭ ގޮތަށް ފަރުމާކޮށްފައިވާ ވީއައިއޭގެ އައު ޓަރމިނަލަކީ ވީއައިއޭއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް، ދަތުރުވެރިންނަށް ދޭ ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށް މަގުފަހިކޮށްދޭނެ ޒަމާނީ ޓާރމިނަލެއް ކަމަށާއި އެ ޓާރމިނަލް ޑިޒައިން ކޮށްފައިވަނީ ރާއްޖޭގެ ރީތިކަމާއި ތާރީޚާއި ޘަޤާފަތް ރަމްޒުކޮށްދޭ ގޮތަށް ކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ.

undefinedވީއައިއޭގެ އައު ޓަރމިނަލަށް ސާފު ބޯފެން ފޯރުކޮށްދޭ ފެންހޮޅި އިފްތިތާހުކުރުން -- ފޮޓޯ: އެމްއޭސީއެލް

އައު ޓަރމިނަލްގައި 72،000 އަކަފޫޓުގެ ސަރަޙައްދެއް ހިމެނޭ ކަމަށާއި، 47 ޗެކިން ކައުންޓަރާއި 6 ސެލްފްސާވިސް ކިއޮސްކް ޤާއިމުކުރެވިފައިވާ ކަމަށް އެމްއޭސިއެލުން ބުނެއެވެ. އައު ޓަރމިނަލްގައި އެޑްވާންސް ބެގެޖް ހޭންޑްލިން ސިސްޓަމަކާއި ޒަމާނީ ސެކިއުރިޓީ ސްކްރީނިން ނިޒާމެއް ޤާއިމުކުރެވިފައިވާ ކަމަށްވެސް އެމްއޭސީއެލްއިން ފާހަގަކުރެއެވެ. އަލަށް ހުޅުވާ ޓަރމިނަލްގެ ސަބަބުން ފަސިންޖަރުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެ، އެއަރޕޯޓުގެ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް ބެލެވެއެވެއެވެ.

ވީއައިއޭ ތަރައްޤީކުރުމުގެ މަޝްރޫއުއަކީ ދިވެހިރާއްޖޭގެ އިޤްތިޞާދު ބަދަލުކޮށްލާނެ މަޝްރޫއުއެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ ކުރިޔަށް އޮތް 20 އަހަރަށް ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތް އޮންނާނެ ގޮތުގެ މާސްޓަރ ޕްލޭނެއްގެ ދަށުންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުގައި ފެއްޓެވި 5 ބިލިއަން ރުފިޔާގެ ބިޔަ މަޝްރޫއެކެވެ.

ވީއައިއޭގެ އައު ޕެސެންޖަރ ޓާމިނަލް ހުޅުވުމަށް ތާވަލުކޮށްފައިވަނީ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.

https://wamco.com.mv/
tel:+9607331319