.webp&w=3840&q=75)
ފެންކުފުނީގެ ޑީއެމްޑީ މަޤާމުން ވަކިކޮށްފި

އައިޝަތު އިބްރާހިމް - 08 ޖުލައި 2025 - 10:53
ކޮރަޕްޝަނުގެ ތުހުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަނުގައި ހުރި، މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ(އެމްޑަބްލިއުއެސްސީ)ގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދު މަގާމުން ވަކިކޮށްފިއެވެ.
އެމްޑަބްލިޔުއެސްސީ އިން މިކަން ހާމަކޮށް މީޑިއާތަކާއި ހިއްސާކުރި މެސެޖްގައި ބުނެފައިވަނީ 19 ޑިސެމްބަރު 2024 ގައި ސަސްޕެންޑްކޮށްފައިވާ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފަޒީލް ރަޝީދު އެ މަޤާމުން ވަކިކުރަން ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
ފެން ކުންފުނިން ބުނެފައިވާގޮތުގައި މިއީ ކުންފުނީގެ މަސްލަހަތު ރައްކާތެރިކުރުމުގެ ގޮތުން ބޯޑުން އެޅި ފިޔަވަޅެކެވެ.
އެމްޑަބްލިޔުއެސްސީން ބުނެފައިވަނީ، މުޙައްމަދު ފަޒީލުގެ މައްޗަށް ކުރިއަށް ގެންދާ ތަޙްޤީޤައި އެކު އިސްމަޤާމެއްގައި މުސާރަޔާއެކު ދިގު މުއްދަތަކަށް ބެހެއްޓުމަކީ ކުންފުނީގެ މަސްލަހަތު ހިމެނޭ ކަމެއްނޫން ކަމަށް ބޯޑުން ދެކޭ ކަމަށެވެ.
މުޙައްމަދު ފަޒީލް ސަސްޕެންޑު ކުރީ 'ބިންވެރިޔާ' ސްކީމުން ގޯތި ލިބި އޭގެ އެގްރިމަންޓް ކަމަށް ފޯޖުކޮށްފައިވާ ކަމަށް ބެލެވޭ އެއްބަސްވުމެއް ހުށަހެޅި މައްސަލާގައި މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އޭރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ ފަޒީލްގެ ކޮއްކޮ އިބްރާހިމް ފަޒުލް ރަޝީދެވެ.
ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީގެން އުޅޭ މައްސަލައެއް ފެންމަތިވީ ފަޒުލްގެ ބޭބެ ފަޒީލް އޭނާއަށް ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާކަމަށް ބުނެ އެ ގޯތީގެ ވަށާފާރެއް ރާނަން ފެށި ހިސާބުންނެވެ.
ގުޅުން ހުރި ޙަބަރުތައް

"އައްޑޫ އަދި ފުވައްމުލަކުގައި މިހާރު ނަގަނީ ބިލްކުރުމުގެ އައު މަރުހަލާ ފެށުމަށް ނަގާ ރީޑިންގ، ފުރަތަމަ ބިލް ލިބޭނީ އަންނަ މަހު"
8 ގަޑިއިރު ކުރިން

ހިތަދޫ ބަނދަރުން މުދާ ކްލިއަރ ކުރުމުގެ އައު އުސޫލު އާންމުކޮށްފި
10 ގަޑިއިރު ކުރިން

މާލެ ވިޔަފާރި ބަނދަރުގެ ހިދުމަތްތައް ތިލަފުއްޓަށް ބަދަލުކުރަން ފަށައިފި
12 ގަޑިއިރު ކުރިން

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މާދަމާ މަޖިލީހަށް ހުށަހަޅަނީ
13 ގަޑިއިރު ކުރިން


