logo

ހިޔާގެ ބައެއް ޓަވަރުތަކުން މިރޭ މެންދަމު ފެނުގެ ޚިދުމަތް ކެނޑޭނެ: އެމްޑަބްލިޔުއެސްސީ

profile

އައިޝަތު އިބްރާހިމް - 19 ޖޫން 2025 - 16:38

ހުޅުމާލެ ފޭސް 2ގެ ހިިޔާ ޓަވަރުތަކުގެ ތެރެއިން ބައެއް ޓަވަރުތަކުން މިރޭ މެންދަމު ފެނުގެ ޚިދުމަތް މެދުކެނޑޭނެ ކަމުގައި ފެންކުންފުނި މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ލިމިޓެޑް(އެމްޑަބްލިޔުއެސްސީ)ން ބުނެފިއެވެ.

https://wamco.com.mv/

އެމްޑަބްލިޔުއެސްސީން ބުނީ 20 ޖޫން 2025 ވާ ހުކުރުވިލޭރޭ (މިރޭ) މެންދަމު 00:00އިން ފެށިގެން ފަތިހު 04:00 އަށް މީޓަރ ރޫމްގައި މެއިންޓަންސްގެ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ހިޔާ ޓަވަރުތަކުގެ ތެރެއިން 3، 4، 6، 12، 13 އަދި 16 ވަނަ ޓަވަރުތަކުގައި ކަމަށްވެސް ފެން ކުންފުނިން ބުނެފައިވެއެވެ.

ފެނުގެ ޚިދުމަތް މެދުކެނޑޭނެ ޓަވަރުތަކާއި އަދި ފަންގިފިލާތައް:

  1. ހިޔާ ޓަވަރުގެ 3،10 އަދި 12 ގެ ގްރައުންޑް ފަންގިފިލާއިން ފެށިގެން 8 އަށް ފަންގިފިލާއަށް ފެނުގެ ޚިދުމަތް މެދު ކެނޑޭނެއެވެ.
  2. ހިޔާ ޓަވަރުގެ 16 އަދި 6 ގެ 8 ވަނަ ފަންގިފިލާއިން ފެށިގެން 16 ވަނަ ފަންގިފިލާއަށް ފެނުގެ ޚިދުމަތް މެދު ކެނޑޭނެއެވެ.
  3. ހިޔާ ޓަވަރުގެ 4 އަދި 13 ގެ 16 ވަނަ ފަންގިފިލާއިން ފެށިގެން 24 ވަނަ ފަންގިފިލާއަށް ފެނުގެ ޚިދުމަތް މެދު ކެނޑޭނެ ކަމުގައިވެސް ފެން ކުންފުނިން ވަނީ ބުނެފައެވެ.

އެމްޑަަބްލިޔުއެސްސީން ވަނީ މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަތަކަށް ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދޭކަމަށް ބުނެފައެވެ.

ހިޔާ ޓަވަރުތަކުގައި ދޭތެރެ ދޭތެރެއިން ފެންކުފުނިން މެއިންޓަނަންސްގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ. މިފަދަ މަސައްކަތްތައް ކުރަމުން އަންނަނީ އާންމުންނަށް އުނދަގޫ ނުވާނޭގޮތަށް މެންދަމުގެ ވަގުތުތަކުގައިކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

https://wamco.com.mv/
tel:+9607331319