
އައްޑޫ ސިޓީގައި 'ސައިޓޯޓޮކްސިކް' ކުނި ރައްކާކުރާ މަރުކަޒެއް ގާއިމުކުރަނީ

ރިޟްވާން މޫސާ - 19 އޯގަސްޓު 2026 - 13:09
ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް 'ސައިޓޯޓޮކްސިކް' ކުނި މެނޭޖުކޮށް، ރައްކާތެރިކަމާއެކު ބަންދުކޮށްފައި ބަހައްޓާނެ މަރުކަޒެއް އައްޑޫ ސިޓީގައި ގާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސް ވުމުގައި ސޮއިކޮށްފައިވަނީ މޫސުމީ ބަދަލުތަކާއި، ތިމާވެށްޓާއި ހަކަތައާއި ބެހޭ ވުޒާރާއާއި، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާ ދެމެދެވެ.
މި މަޝްރޫޢަކީ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ރައްކާތެރިކަމާއެކު ކީމޯތެރަޕީ ކުނި ނައްތާލުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ފެށި މަސައްކަތެކެވެ. 2019 ވަނަ އަހަރުން ފެށިގެން އެ ހޮސްޕިޓަލުން ކީމޯތެރަޕީގެ ޚިދުމަތް ދެމުން އަންނައިރު، މިފަދަ ނުރައްކާތެރި ކުނި ރައްކާތެރިކަމާއެކު ނައްތާލެވޭނެ ނިޒާމެއް ގާއިމުވެފައި ނެތުމުގެ ސަބަބުން، ގާތްގަނޑަކަށް 70 ކިލޯގެ 'ސައިޓޯޓޮކްސިކް' ކުނި ޖަމާވެފައިވާ ކަމަށް އެހޮސްޕިޓަލުން ވަނީ މައުލޫމާތު ދެއްވާފައެވެ.
މިއެއްބަސްވުމުގެ ދަށުން ދަށުން މި މަރުކަޒު ހިންގުމަށްޓަކައި ބައިވެރިވާ 3 ފަރާތުގެ ދައުރުވެސް ވަނީ ކަނޑައެޅިފައެވެ. އެގޮތުން ތިމާވެއްޓާއި ބެހޭ ވުޒާރާއިން މި މަޝްރޫޢު ވިލަރެސްކުރާއިރު، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން މިފަދަ ކުނި ރައްކާތެރިކަމާއިއެކު އުފުލުމާއި މަރުކަރު ހިންގަން ފެށުމުގެ މަސައްކަތުގައި އެހީތެރިވެދޭނެއެވެ. އަދި ވެމްކޯއިން ކުނި މެނޭޖުކުރުމުގެ ޚިދުމަތުގެ ދަށުން މި މަރުކަޒު ބަލަހައްޓާ، ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ވަނީ އެއްބަސްވެފައެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށްޓަކައި، އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ނުރައްކާތެރި ކެމިކަލާއި، އެއިން އުފެދޭ ކުނި ވަގުތީގޮތުން ރައްކާކުރާ މަރުކަޒާއި އިންވެގެންވާ ބިން، މިނިސްޓްރީގެ ފަރާތުން މިއަދު ވަނީ ރަސްމީކޮށް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައެވެ. އަދި މި މަރުކަޒުގެ އިމާރާތްކުރުމުގެ މަސައްކަތް ނިމި، މި އަހަރުގެ ތެރޭގައި ޚިދުމަތް ދޭން ފެށޭނެކަމަށް ލަފާކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

މިއުޅެނީ ދިވެހިރާއްޖެއަށް ނުކަތާވަރަށް ސިޔާސީ އިސްރާފު ގިނަވެގެން: އަލީ ވަހީދު
25 މިނިޓު ކުރިން

ސިނަމާލެ ބްރިޖަށް ގެއްލުން ލިބުނު މައްސަަލަ ތަހުގީގްކޮށް ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލުން ގޮވާލައިފި
30 މިނިޓު ކުރިން

ޗިލީގެ ދޮށީއުމުރުގެ މީހުން ބަލަހައްޓާ މަރުކަޒެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 16 މީހުން މަރުވެއްޖެ
5 ގަޑިއިރު ކުރިން

ބަލްގޭރިއާގެ ގަލިވް އެއާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެ
5 ގަޑިއިރު ކުރިން


