
މިއަހަރުގެ މިހާތަނަށް ސޮވްރިން ފަންޑަށް 907.6 މިލިޔަން ރުފިޔާ ޖަމާކޮށްފި

މުޙައްމަދު ފަޟްލޫން - 23 ޖޫން 2025 - 14:49
މިއަހަރުގެ މިހާތަނަށް ސޮވްރިން ޑިވެލޮޕްމެންޓް ފަންޑު، އެސްޑީއެފްއަށް 907.6 މިލިޔަން ރުފިޔާ ޖަމާކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 42.8 އިންސައްތަ އިތުރު އަދެދެކެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކުރި ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް" ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ ޖަނަވަރީމަހުގެ 1ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 12ވަނަ ދުވަހުގެ ނިޔަލަށް ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު، އެސްޑީއެފްއަށް 907.6 މިލިޔަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ.މިދިޔަ އަހަރުގެ މި މުއްދަތުގައި އެސްޑީއެފްއަށް ޖަމާކޮށްފައިވަނީ 635.2 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ 42.8 އިންސައްތަ އިތުރު އަދަދެކެވެ.
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަކީ ތަރައްޤީގެ މަޝްރޫއުތަކަށް އިންވެސްޓްކުރަން ސަރުކާރުން ނަގާ ލޯނުތަކުގެ ބުރަ ފަހުގެ ޖީލުތަކަށް އުފުލަން ނުޖެހޭނެހެން، ފަހަށް ފައިސާ ރައްކާކުރުމަށް އެކުލަވާލާފައިވާ ފަންޑެކެވެ. އެގޮތުން ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި ނަގާ ލޯނުތައް އަނބުރާ ދެއްކުމުގެ ޤާބިލުކަން އިތުރުކުރުމަށް މި ފަންޑު އުފައްދާފައިވަނީ 2017ވަނަ އަހަރުއެވެ.
މި ފަންޑަށް ފައިސާ ޖަމާކުރަނީ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ވީއައިއޭއިން ދޭ ޚިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާއިންނެވެ.
މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖޫންމަހުގެ 12ވަނަ ދުވަހުގެ ނިޔަލަށް އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 780.3 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ލިބިފައިވަނީ 539.9 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ 44.5 އިންސައްތަ އިތުރު އަދަދެކެވެ.
ގުޅުން ހުރި ޙަބަރުތައް

އަންހެނަކު ވިއްކާލާނެ ކަމަށް، އޭނާގެ ކުރީގެ ފިރިމީހާ ބުނި މައްސަލައެއް ފުލުހުން ބަލަނީ
16 ގަޑިއިރު ކުރިން

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި
17 ގަޑިއިރު ކުރިން

އައްޑޫ ސިޓީގެ އުމްރާނީ ތަރައްގީ ގެނެސްދިނީ އެމްޑީޕީ އިން: ރައީސް ނަޝީދު
19 ގަޑިއިރު ކުރިން

މިނިސްޓަރ ޢަލީ ޝަރީފު، ޔޫއެންއީޕީގެ އެގްޒެކެޓިވް ޑައިރެކްޓަރާ ބައްދަލުކުރައްވައިފި
20 ގަޑިއިރު ކުރިން


.gif&w=3840&q=75)