logo

އެސްޓީއޯ އިން މާފަންނުގައި އައު ފާމަސީއެއް ހުޅުވައިފި

profile

މުހައްމަދު ހަފީޒް - 02 ޖެނުއަރީ 2025 - 08:15

އެސްޓީއޯ މެޑިކަލް ސާވިސަސް އިން މާފަންނުގައި އައު ފާމަސީއެއް ހުޅުވައިފިއެވެ.

https://wamco.com.mv/

އެސްޓީއޯ އިން އަލަށް ހުޅުވި ފާމަސީއަކީ ޒަމާނީ ކޮންސެޕްޓެއްގެ މައްޗަށް ބިނާކޮށްފައިވާ ފާމަސީއެކެވެ.

އެސްޓީއޯ އިން ބުނީ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ބޭހާއި، ހޮސްޕިޓަލް އަދި ގޭގައި ބޭނުންކުރުމަށް ގެންގުޅޭ މެޑިކަލް އިކުއިޕްމަންޓުގެ އިތުރުން ހޯމްކެއާ އަދި ޕަރސަނަލް ކެއަރ ރޭންޖްގެ ވަރަށް ގިނަ ތަކެތި ފާމަސީ އިން ލިބޭނެ ކަމަށެވެ.

މި ފާމަސީގެ 2 ވަނަ ފަންގިފިލާ ހާއްސަކުރެވިފައިވަނީ މެޑިކަލް އިކުއިޕްމެންޓްސް އާއި މެޑިކަލް ކޮންޒިއުމަބަލަސްގެ ތަފާތު ފަހުގެ ޒަމާނީ ފްރޮޑަކްޓްސްތަކަށް ކަމަށާއި ދެވަނަ ފަންގިފިލާއިން ހޯލްސޭލް ކަސްޓަމަރުންނަށް ހާއްސަކުރެވިފައިވާ ކައުންޓަރެެއް ހުންނާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

undefined

ކަސްޓަމަރުންނަށް ބޭނުންތެރި އަދި މުހިއްމު އެތައް ވަސީލަތެއް ލިބޭނެ އިންތިޒާމް ހަމަޖެހިފައި ހުރުމުގެ ސަބަބުން، ފާމަސީ ހުޅުވުމާއެކު ޚިދުމަތް ހޯދަންދާ ފަރާތްތަކަށް ގިނަގުނަ ފަސޭހަތަކެއް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯ އިން ބުނީ ފާމަސީ ހުޅުވާފައި ހުންނަ ވަގުތުތަކަކީ ހޮނިހިރުން ބުރާސްފައްޗަށް ހެނދުނު 08:00 އިން ރޭގަނޑު 10:00 އަށް އަދި ހުކުރު ދުވަހު މެންދުރު 02:00 އިން ރޭގަނޑު 10:00 އަށް ކަމަށެވެ.

މި ލޮކޭސަންއަކީ ގިނަ ކްލިނިކްސް ތަކެއް ހުންނަ ހިސާބެއްކަމުން ޑޮކްޓަރަށް ދައްކާ ފަރާތްތަކަށް އެސްޓީއޯގެ ފާމަސީގެ ހިދުމަތް ކްލިނިކްތަކާއި ކައިރިން ލިބެންހުންނާނެއެވެ.

މި ފާމަސީ ހުންނަނީ މަޖީދީ މަގު، ވެލިގާ ހާރޑްވެއާގެ އިރުމަތި ކަންމަތިގައެވެ.

އެސްޓީއޯ އިން ވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހުގަވެސް ދަރުމަވަންތަ ހޮސްޕިޓަލުގައި އައު ފާމަސީ އެއް ހުޅުވައިފައެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay