
މެޗުން މޮޅުވެ އަމޮރިމް ސަޕޯޓަރުންނާ ސަލާމް ކުރަނީ: ފޮޓޯ-މެންޗެސްޓަރ ޔުނައިޓެޑް
ޔުނައިޓެޑްގައި އަމޮރިމްގެ ފުރަތަމަ މޮޅު ޔޫރޮޕާ ލީގުގައި ބޯޑޯ/ގިލްމްޑް އަތުން

ހަފްސީ އަބްދުﷲ - 29 ނޮވެމްބަރު 2024 - 05:22
މެންޗެސްޓަރ ޔުނައިޓެޑްގެ އާ ކޯޗު ރުބެން އަމޮރިމްގެ ފުރަތަމަ މޮޅު ޔޫރޮޕާ ލީގުގައި ބޯޑޯ/ގިލްމްޑް އަތުން ހޯދައިފިއެވެ.
ޔުނައިޓެޑްގައި އަމޮރިމް ފުރަތަމަ މޮޅު ޔުނައިޓެޑަށް ހޯދައިދިނީ 3-2 ން ބޯޑޯ/ގިލްމްޑް ބަލިކޮށްގެންނެވެ. މެޗުގެ ފަށައިގެން ގާނާޗޯ ލަނޑު ޖަހާ ޔުނައިޓެޑަށް ލީޑް ނަގައިދިނެވެ. އެކަމަކު 19 ވަނަ މިނިޓާއި 23 ވަނަ މިނިޓްގައި ދެ ލަނޑު ޖަހައިގެން ބޯޑޯ/ގިލްމްޑް އިން ނަތީޖާ އަނބުރާލުމުން ޔުނައިޓޭޑަށް ސިހުން ލިބުނެވެ. ދެ ލަނޑު ޖެހީ ހަކޯން އެވްޖެން އާއި ޒިންކަނާޖެލް އެވެ. ޔުނައިޓެޑުން އަލުން ކުރި ހޯދީ ފުރަތަމަ ހާފްގެ ފަހު ފަސް މިނިޓާއި, ދެވަނަ ހާފްގެ ފުރަތަމަ ފަސް މިނިޓްގައި ރަސްމުސް ހޮއިލުންޑް ދެ ލަނޑު ޖަހައިގެންނެވެ. އަމޮރިމްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުގައި ޕްރިމިއަރ ލީގުގައި އިޕްސްވިޗް ޓައުންއާ ވާދަކޮށް ވީއެއްވަރެވެ.
ނަތީޖާއާއެކު ކޯޗު އަމޮރިމް ހުރީ ހިތްހަމަޖެހިފައެވެ. ގަދަ އަށް ޓީމްގެ ތެރޭގައި ހިމެނި އޮޓޮމެޓިކް ޖާގައާއެކު ގަދަ ސޯޅަ ޔަގީން ކުރަން މިއީ މުހިއްމު މޮޅެކެވެ. އެކަމަކު ލަނޑުޖަހަން ލިބުނު ގިނަ ފުރުޞަތުތަކެއް ބޭނުން ނުކުރެވުމުން އެމާޔޫސްކަން ވަނީ ފާޅުކޮށްފައެވެ. މެންޗެސްޓަރ ޔުނައިޓެޑްގައި އާ ކޯޗަށްވެސް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ޓީމްގެ ޑިފެންސް ފަސޭހައިން ފޫއެޅުމެވެ.
ގުޅުން ހުރި ޙަބަރުތައް

އެންމެފަހުން އެރިކް ޓެން ހާގް ވަކިކޮށްފި
8 މަސް ކުރިން

މެންޗެސްޓަރ ޔުނައިޓެޑާ ހަވާލުވުމުގެ ކުރިން އަމޮރިމް ސިޓީގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފި
8 މަސް ކުރިން

އާސެނަލްއާ ޗެލްސީ އެއްވަރު, ނިސްތެލްރޫއީގެ ފަހު މެޗުން ޔުނައިޓެޑް މޮޅު
8 މަސް ކުރިން

އަމޯރިމްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑްގެ ފުރަތަމަ މެޗު އެއްވަރު, ލިވަޕޫލްގެ ފަރަގު ބޮޑު
7 މަސް ކުރިން