
ކޯޗުކަމުން ވަކިކުރި ޓެން ހާގު: ފޮޓޯ-މެންޗެސްޓަރ ޔުނައިޓެޑް
އެންމެފަހުން އެރިކް ޓެން ހާގް ވަކިކޮށްފި

ހަފްސީ އަބްދުﷲ - 28 އޮކްޓޯބަރު 2024 - 13:10
އެންމެ ފަހުން މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ކަމުން އެރިކް ޓެން ހާގު ވަކިކޮށްފިއެވެ. ނަތީޖާތައް ދަށްވެ, ލީގު ތާވަލްގައިވެސް 14 ވަނައަށް ސޮއްސާލާފައި ވަނިކޮށް މެންޗެސްޓަރ ޔުނައިޓެޑުން މިއަދު ވަނީ ކޯޗު އެރިކް ޓެން ހާގު ވަކިކުރިކަން އިއުލާނުކޮށްފައެވެ. އަދި ވަގުތީ ކޯޗަކަށް ކުރީގެ ފޯވާދް ރުޑް ވެން ނިސްތެލްރޫއީ ހަމަޖެއްސިކަންވެސް ވަނީ ޔުނައިޓެޑުން ވަނީ އިއުލާނުކޮށްފައެވެ. ރުޑް ވެން ނިސްތެލްރޫއީ އަކީ ޔުނައިޓެޑްގެ ކޯޗިންގ ޓީމްގެ މެމްބަރެކެވެ.
މިސީޒަންގައި ލީގުގައި ކުޅުނު 9 މެޗުގެ ތެރެއިން އެރިކް ޓެން ހާގަށް ޓީމް މޮޅު ކޮށްދެވުނީ އެންމެ ތިން މެޗުންނެވެ. އޭނާ ޔުނައިޓެޑަށް އިރުޝާދު ދިން ފަހު މެޗަކީ އާދިއްތަ ދުވަހު ވެސްޓް ހޭމް ޔުނައިޓެޑް އަތުން ބަލިވި މެޗެވެ. 36 ޓީމް ވާދަކުރާ ޔޫރޮޕާ ލީގުގައިވެސް ޔުނައިޓެޑް އޮތީ 21 ވަނާގައެވެ.
ޓެން ހާގު ވަކިކުރުމަކީ ޔުނައިޓެޑަށް އުނދަގޫ ނިންމުމެއް ކަމަށް ރިޕޯރޓްތައް ބުނެއެވެ. އެކަމަކު ކްލަބް ބޯޑުގެ އެނިންމުން ހޯމަ ދުވަހު ހެނދުނު ޓެންހާގަށް އެންގި ކަމަށް ރިޕޯރޓްތައް ބުނެއެވެ.
ޓެން ހާގު ވަނީ މިދިޔަ ސީޒަންގައި މެންޗެސްޓަރ ސިޓީ ބަލިކޮށް, އެފްއޭކަޕް ހޯދައިދީފައެވެ. އެކާމިޔާބިއަށްފަހު އޭނާގެ އެއްބަސްވުމަށް ޔުނައިޓެޑުން އަހަރެއް އިތުރުވެސް ކުރިއެވެ. މަގާމުން ވަކިކުރީ އޭގެ ތިން މަސް ފަހުންނެވެ. ޓެން ހާގު ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ. ޔުނައިޓެޑާއެކު ތެން ހާގުގެ ދެން އޮތް ކާމިޔާބީއަކީ 2023 ވަނަ އަހަރުގެ ކަރަބޯ ކަޕް ހޯދުމެވެ. ޔުނައިޓރެޑްގައި ހޭދަކުރި ދެވަނަ ސީޒަންގައި ޔުނައިޓެޑް ޗެމްޕިއަންސް ލީގު ނިންމާލީ ގްރޫޕްގެ ފުލުގައެވެ.
ޓެން ހާގު ވަކިކުރިއުރު މިއީ ޔުނައިޓެޑްގެ ތާރީޚުުގައިވެސް ލީގުގައި ދެވަނައަށް އެންމެ ދަށް ފެށުމެވެ. ޔުނައިޓެޑުން މިހާރު ބަލަމުން ދަނީ ސަރ އެލެކްސް ފަގަސަން އަށް ފަހު އެކްލަބަށް އިރުޝާދުދޭނެ ހަ ވަނަ ކޯޗަކަށެވެ. ފާގަސަން ކްލަބްގެ ކޯޗުކަމުން ދުރަށް ދިޔައީ 2013 ވަނަ އަހަރު އެވެ.
ގުޅުން ހުރި ޙަބަރުތައް

އާސެނަލްއާ ޗެލްސީ އެއްވަރު, ނިސްތެލްރޫއީގެ ފަހު މެޗުން ޔުނައިޓެޑް މޮޅު
8 މަސް ކުރިން

އަމޯރިމްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑްގެ ފުރަތަމަ މެޗު އެއްވަރު, ލިވަޕޫލްގެ ފަރަގު ބޮޑު
7 މަސް ކުރިން

އަމޯރިމްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑްގެ ފުރަތަމަ މެޗު އެއްވަރު, ލިވަޕޫލްގެ ފަރަގު ބޮޑު
7 މަސް ކުރިން

ޔުނައިޓެޑްގައި އަމޮރިމްގެ ފުރަތަމަ މޮޅު ޔޫރޮޕާ ލީގުގައި ބޯޑޯ/ގިލްމްޑް އަތުން
7 މަސް ކުރިން