logo

އަމޯރިމްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑްގެ ފުރަތަމަ މެޗު އެއްވަރު, ލިވަޕޫލްގެ ފަރަގު ބޮޑު

profile

ހަފްސީ އަބްދުﷲ - 25 ނޮވެމްބަރު 2024 - 00:23

ކޯޗު އަމޯރިމް, އެންމެ އަވަސް ގޯލް ޖެހި ރަޝްފޯޑާއެކު: ފޮޓޯ-މެންޗެސްޓަރ ޔުނައިޓެޑް

ކޯޗު އަމޯރިމް, އެންމެ އަވަސް ގޯލް ޖެހި ރަޝްފޯޑާއެކު: ފޮޓޯ-މެންޗެސްޓަރ ޔުނައިޓެޑް

https://wamco.com.mv/

މެންޗެސްޓަރ ޔުނައިޓަޑްގެ އާ ކޯޗު ރުބެން އަމޯރިމްގެ އިރުޝާދުގެ ދަށުން އެޓީމު ކުޅުނު ފުރަތަމަ މެޗު އެއްވަރު ވެއްޖެއެވެ. އަމޯރިމްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗަކީ އިޕްސްވިޗް ޓައުންއާ ވާދަކޮށް ޕްރިމިއަރ ލީގުގައި އެއްވަރުވި މެޗެވެ.

މެޗު އެއްވަރުވީ 1-1 ނެވެ. ޔުނައިޓެޑްގައި އަމޯރިމްގެ އަލަތުގެ މެޗުގެ ހަމައެކަނި ޚާއްޞަ ކަމަކީ މިސީޒަންގެ އެންމެ އަވަސް ގޯލް ޔުނައިޓެޑުން ޖެހުމެވެ. އެއީ 81 ވަނަ ސިކުންތުގައި ޔުނައިޓަޑްގެ މާކަސް ރަޝްފޯޑް ލީޑް ނަގައިދޭން ޖެހި ލަނޑެވެ. އެކަމަކު 43 ވަނަ މިނިޓް ގައި އޮމާރީ ހަޗިންސަން ލަނޑެއް ޖަހާ އިޕްސްވިޗް ޓައުންއަށް ނަތީޖާ ހަމަހަމަ ކޮށްދިނުމުން އަވަސް ގޯލްގެ މުހިއްމުކަން ކެނޑުނެވެ.

ލީގު ތާވަލްގެ އެއްވަނާގައި އޮތް ލިވަޕޫލް ވަނީ މޮޅުވެ, ލީޑް ފުޅާކޮށްފައެވެ. އެއީ 3-2 ން ސައުތަމްޕްޓަން ބަލިކޮށްގެންނެވެ. މެޗުގައި ލިވަޕޫލަށް ލީޑް ނަގައިދިނީ ޑޮމިނިކް ޒޮބޮސްލައީ އެވެ. އެކަމަކު ހާފް ނިމުމުގެ ކުރިން ޕެނަލްޓީ އަކުން އެޑަމް އާމްސްޓްރޯންގ ސައުތަމްޕްޓަން އަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އަދި ދެވަނަ ހާފް ފަށައިގެން 56 ވަނަ މިނިޓްގައި އާމްސްޓްރޯންގް ތަނަވަސްކޮށްދިން ފުރުޞަތުގައި ސައުތަމްޕްޓަން އިން ލީޑް ނެގިއެވެ. ލީޑު ނަގައިދިނީ މެތިއުސް ފާނަންޑޭޒް އެވެ. ލިވަޕޫލަށް ނަތީޖާ އަނބުރާލަ ދިނީ ބުރޫނޯ ފެނާންޑޭޒް އެވެ. ދެވަނަ ހާފްގައި އޭނާ ދެ ލަނޑު ޖެހިއެވެ. އޭގެތެރެއިން އެއް ލަނޑު ޖެހީ ޕެނަލްޓީ އަކުންނެވެ.

މި މޮޅާއެކު ލިވަޕޫލް ވަނީ ތާވަލްގެ އެއްވަނައިގއި 8 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay