
photo_2024-12-03_00-46-13-1733202832542.webp
އައްޑޫ އިމާމުން ތަމްރީންކުރުމުގެ ޕްރޮގުރާމުގެ ބައިވެރިންނާ އިސްލާމީ މަރުކަޒުގެ އިސް އިމާމު ބައްދަލުކުރައްވައިފި

މުހައްމަދު ހަފީޒް - 03 ޑިސެމްބަރު 2024 - 06:05
އިމާމުން ތާޒާ ކުރުމުގެ ގައުމީ މަޝްރޫޢުގެ ދަށުން އައްޑޫގައި ކުރިއަށްދާ އިމާމުން ތަމްރީންކުރުމުގެ ޕްރޮގުރާމުގެ ބައިވެރިންނާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް ބައްދަލުކުރައްވައިފިއެވެ.
އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް އައްޑޫއަށް ވަޑައިގަންނަވާ އިމާމުންނާ ބައްދަލުކުރައްވާފައިވަނީ ހޯމަ ދުވަހުގެ ރޭ ކަމަށް އިސްލާމިކް މިނިސްޓަރީން ބުނެއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ލަޠީފް ވިދާޅުވީ، އިމާމުން ތަމްރީން ކުރުމާއި އިމާމުންނަށް އިތުރު ތަމްރީންގެވާ ކަމަށެެވެ.
މި ޕްރޮގުރާމުގެ ދަށުން މިއަހަރު މިހާތަނަށް 19 އަތޮޅެއްގައި އިމާމުން ތަމްރީން ކުރުމުގެ ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވާއިރު 804 އިމާމުން ވަނީ ތަމްރީންވެފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ އަމާޒަކީ މި 5 އަހަރުގެ ތެރޭގައި 500 އިމާމުން ރާއްޖޭން ބޭރުން ތަމްރީން ކުރުންކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މި ދައުރުގެ ކޮންމެ އަހަރަކު ރާއްޖޭން ބޭރުން 100 އިމާމުން ތަމްރީން ކުރުންކަމަށާއި ދައުރު ނިމިގެންދާއިރު 500 އިމާމުންނަށް ރާއްޖޭން ބޭރުން ތަމްރީން ދިނުންކަމަށާއި، 1000 ޒުވާން ޚަޠީބުން މި ދައުރުގެ ތެރޭގައި މައިދާނަށް ނެރުއްވުމަކީވެސް އަމާޒެއްކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ރައީސް ސާލިހް އަށް އައްޑޫ އިން ހޫނު މަރުހަބާއެއް
12 ގަޑިއިރު ކުރިން

ޖެޓް ފިއުލް ލިބުމުގައި ދަތިކަމެއް ނެތް: މާލީ ވަޒީރު
14 ގަޑިއިރު ކުރިން

އެމެރިކާއަށް ގަލްފްގެ ގައުމުތަކަށް ހިމާޔަތެއް ނުދެވުނު: ރައީސް ނަޝީދު
14 ގަޑިއިރު ކުރިން

ރައްޔިތުންގެ ހިޔާލު ހޯދާ ވޯޓް ނެގުން ހުއްޓުވަން އަލީ ހުސެއިން ހުށަހެޅި މައްސަލަ ބަލައެއް ނުގަތް
14 ގަޑިއިރު ކުރިން


.gif&w=3840&q=75)