
އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުން ވެސް އެމެރިކާ އަށް ހަމަލާދޭން ފަށައިފި!

ރިޟްވާން މޫސާ - 19 ޖުލައި 2026 - 10:27
މެދުއިރުމަތީގެ ނުތަނަވަސްކަން ބޮޑުވެ އެމެރިކާގެ އަސްކަރީ މަރުކަޒް ތަކަށް އީރާނުން އަނެއްކާވެސް ހަމަލާތައް އަމާޒުކުރަން ފަށައިފި އެވެ.
އިސްރާއީލުން ގައްޒާ އާއި ލުބުނާނަށް ދެމުންދާ ވަރުގަދަ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަޙު ވަރަށް ބޮޑަށް ހޫނުވެ، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާތަކެއް އަމާޒުކުރަން ފަށާފަ އެވެ.
ޚަބަރުތައް ބުނާގޮތުން، މި ހަމަލާތައް ދެމުންދަނީ އީރާނުގެ ތާއީދާއެކު ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތްތަކުންނެވެ. އޭގެ ތެރޭގައި ލުބުނާނުގެ ހިޒްބުالله ޖަމާއަތާއި ޔަމަނުގެ ހޫޘީން ހިމެނެއެވެ. މި ޖަމާއަތްތަކުން ދަނީ އެ ސަރަހައްދުގައި ގާއިމްވެފައިތިބި އެމެރިކާ ސިފައިންނާއި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ޑްރޯން އަދި ރޮކެޓް ހަމަލާތައް ފޮނުވަމުންނެވެ.
މި ހަމަލާތަކަކީ ގައްޒާ އާއި ލުބުނާނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ލޭއޮހޮރުވުންތަކަށް އެމެރިކާއިން ވާގިވެރިވާތީ، އެކަމާ ދެކޮޅަށްދޭ ރައްދު ހަމަލާތަކެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
މި ހަމަލާތަކުގެ ސަބަބުން، މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިންގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާއިރު، މި ނުތަނަވަސްކަން ބޮޑު ހަނގުރާމައަކަށް ބަދަލުވެދާނެތީ ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ރ.އަތޮޅާއި ބ.އަތޮޅުގެ 25 ރަށެއްގައި ސޯލާ ހައިބްރިޑް ނިޒާމު އިފްތިތާޙުކޮށްފި
2 ގަޑިއިރު ކުރިން

މާލޭ މަގުތަކުގެ 64 އިންސައްތަ ހިއްސާކުރަނީ އުޅަނދުފަހަރު: އާޒިމް
2 ގަޑިއިރު ކުރިން
ހަނގުރާމަ ހޫނުވެ އެމެރިކާގެ އިތުރު ސިފައިން މަރުވެއްޖެ
2 ގަޑިއިރު ކުރިން

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަށް ޚިޔާލު ހޯދުމުގެ ބައްދަލުވުން ފަށައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)