ހަނގުރާމަ ހޫނުވެ އެމެރިކާގެ އިތުރު ސިފައިން މަރުވެއްޖެ

ރިޟްވާން މޫސާ - 20 ޖުލައި 2026 - 11:32
އީރާނުގެ ޙަމަލާއެއްގައި ބޭނުންކުރި އަސްކަރީ ޑްރޯނެއް ނައްތައިލުމުގެ މަސައްކަތް ކުރަމުންދިޔަ އެމެރިކާ ސިފައިންގެ މީހަކު މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައި ވަނީ ޢިރާޤުގެ އުތުރުގެ ރަށެއްގައެވެ. އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން ބުނީ، ސިފައިންގެ މީހާ މަރުވެފައި ވަނީ، ދިފާޢުކޮށް ވައްޓައިލާފައިވާ އީރާންގެ އަސްކަރީ ޑްރޯނެއް ނައްތައިލުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި ކަމުގައެވެ.
ފެބުރުވަރީ 28 ގައި އެމެރިކާއިން ޔަހޫދީންނާ ގުޅިގެން ފެށި ޣައިރުޤާނޫނީ ހަނގުރާމައިގައި މަރުވި އެމެރިކާ ސިފައިންގެ އަދަދު ވަނީ 17 އަށް އުފުލިފައެވެ. އަދި، ޒަޚަމުވެފައިވާ ސިފައިންގެ އަދަދު 420 އަށް އުފުލިފައިވާއިރު، އުރުދުނަށް ދިން ޙަމަލާތަކަކާ ގުޅިގެން ގެއްލިފައިވާ ކަމަށް ބެލެވުނު ސިފައިންގެ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގައި ސެންޓްކޮމުން ބުނެއެވެ.
އެމެރިކާގެ ޢުދުވާނީ ހަމަލާތައް ނުވަވަނަ ރެޔަކަށް ދެމިގެން ގޮސްފައިވާއިރު، އައިއާރްޖީސީން ވެސް ދަނީ އީރާނުގެ ސިޔާދަތާއި މިިނިވަންކަމުގެ ދިފާޢުގައި ރައްދު ޙަމަލާ ދެމުންނެވެ.
މި ގޮތުން، ކުވައިތުގެ ޢަލީ އަލް-ސާލިމް އަސްކަރީ ވައިގެ ބަނދަރަށް ދިން ޑްރޯން ހަމަލާތަކުގައި އެމެރިކާގެ ރާޑަރު ނިޒާމަކާއި، އަސްކަރީ މަތިންދާބޯޓަށް ބޭނުންވާ ސާމާނު ރައްކާކޮށްފައި ހުރި ގުދަނަކާއި، އެމްކިޔު-9 މަރުކާގެ ޑްރޯން ރައްކާކުރާ ހޭންގަރެއް ނުވަތަ ގުދަނަކަށް ގެއްލުން ލިބިފައިވެ އެވެ. އަދި، އެ ތަންތަނުގައި ހުރި މަތިންދާބޯޓުތަކުގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައި ރިޕޯޓުތައް ބުނެއެވެ.
މީގެ އިތުރުން، އުރުދުންގެ ޢަޤަބާ އެއާޕޯޓަށް އީރާނުން ދިން ބެލިސްޓިކް މިސައިލް ޙަމަލާތަކުގައި އެމެރިކާގެ ސީ-17 އަދި ޕީ-8 މަރުކާގެ މަތިންދާބޯޓުތަކަށް ގެއްލުންވިއެވެ. އަދި، އަލް-އަޒްރަޤް އަސްކަރީ ވައިގެ ބަނދަރުގައި ހުރި 20 ހޭންގަރެއް ވެސް ވަނީ ނައްތާލާފަ އެވެ. މީގެ އިތުރުން، ބަޙްރައިނަށް ވެސް އައިއާރްޖީސީން ހަމަލާ ދީފައިވާއިރު، އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ ގިނަ ހަމަލާތައް ދިފާޢުކޮށްފައެވެ.
އީރާންގެ ވައިގެ ސަރަޙައްދަށް އެތެރެވެ، ޢުދުވާން ހިންގަމުންދިޔަ އެމްކިޔު-9 މަރުކާގެ ޑްރޯނެއް ވެސް އައިއާރްޖީސީން ވަނީ ވައްޓައިލާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ތިލަފުށީ ބަނދަރުގެ އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލްގެ މަސައްކަތް ޗައިނާގެ ސީ.އެޗް.އީ.ސީ އަށް
14 ގަޑިއިރު ކުރިން

އެއް އަހަރު ތެރޭ ތަކުރާރުކޮށް އުމްރާ ކުރެވޭ ޚާއްސަ ވިސާއެއް ސައުދީން ތައާރަފްކޮށްފި
14 ގަޑިއިރު ކުރިން

ރ.އަތޮޅާއި ބ.އަތޮޅުގެ 25 ރަށެއްގައި ސޯލާ ހައިބްރިޑް ނިޒާމު އިފްތިތާޙުކޮށްފި
16 ގަޑިއިރު ކުރިން

މާލޭ މަގުތަކުގެ 64 އިންސައްތަ ހިއްސާކުރަނީ އުޅަނދުފަހަރު: އާޒިމް
16 ގަޑިއިރު ކުރިން


.gif&w=3840&q=75)