
ތިނަދޫ ސިޓީގެ ޖެޓީ ވެއްޓެނީ: ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެކަމުގެ ބިރު ބޮޑުވެއްޖެ

އާމިނަތު ޝަޒްލާ - 10 ޖުލައި 2026 - 08:52
ތިނަދޫ ސިޓީގެ މައި ޖެޓީ ސަރަހައްދު ވަރަށް ބޮޑަށް ބަލިކަށިވެ، ވެއްޓެމުންދާތީ އެ ސަރަހައްދު ބޭނުންކުރާ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އިތުރުވެއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ ތިނަދޫ ސިޓީގެ މޭޔަރ ސައުދު އަލީ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައެވެ.
މާލޭގެ ބޭރުމަގު ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން މާލޭގެ ޝީޓްޕައިލް ޖެޓީތައް އައުކުރަމުންދާއިރު، ތިނަދޫގެ މި މައި ޖެޓީ ވީރާނާވަމުންދާތީ ރަށުގެ ރައްޔިތުން އަންނަނީ ކަމާބެހޭ ފަރާތްތަކަށް ފާޑުކިޔަމުންނެވެ.
މިހާރުވެސް ޖެޓީގެ ބައެއް ބައިތައް ނެއްޓި، އަޑިއަށް ގޮސްފައިވާއިރު، މީގެ ސަބަބުން ގިނަ ބަޔަކަށް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. ޚާއްޞަކޮށް މުދާ އުފުލުމާއި ކަނޑުދަތުރުފަތުރުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް މިކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ކޮންމެ ފަދަ ވަގުތެއްގައިވެސް މީހެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ހިތާމަވެރި ހާދިސާއެއް ހިނގައިދާނެ ކަމުގެ ބިރު މިހާރު އޮތީ އިންތިހާއަށެވެ.

ތިނަދޫ ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، މި ޖެޓީ އަލުން މަރާމާތުކޮށްދިނުމަށް ނުވަތަ އައު ޖެޓީއެއް އަޅައިދިނުމަށް އެދި ސަރުކާރުގެ ކަމާގުޅުންހުރި މިނިސްޓްރީތަކުގައި އެތައް ފަހަރަކު ވަނީ އާދޭސް ދަންނަވާފައެވެ. ނަމަވެސް، މިހާތަނަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން މިކަމަށް އެދެވޭ އިޖާބައެއް ދީފައި ނުވާކަމަށާއި، މި މައްސަލައިގައި އެއްވެސް އަޅާލުމެއް ލިބިފައި ނުވާކަމަށް ކައުންސިލުން ފާހަގަކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަތޮޅުތެރޭގެ ތަރައްޤީއަށް އިސްކަންދޭނެ ކަމަށް ވިދާޅުވެފައިވީ ނަމަވެސް، ތިނަދޫ ސިޓީގެ މިފަދަ ނުރައްކާތެރި ހާލަތެއްގައި އޮތް ބިނާއަކަށް އަޅާނުލެވި އޮތުމަކީ ރައްޔިތުންގެ ބޮޑު ޝަކުވާއެކެވެ. ރައްޔިތުން އެދެނީ އިތުރު ހިތާމަވެރި ހާދިސާއެއް ހިނގުމުގެ ކުރިން، މި ޖެޓީގެ މަސައްކަތް އަވަސްކޮށްދިނުމަށެވެ.
ގުޅުން ހުރި ޙަބަރުތައް

މާލެ ސިޓީ ކައުންސިލުން އަލިފާނުގެ ހާދިސާ ހިނގި ތިން ތަނެއް ސާފުކުރަން ފަށައިފި
4 ގަޑިއިރު ކުރިން

މާލީ ދާއިރާ ތަރައްގީކުރަން އިންޑިއާއިން ދަނީ ރާއްޖެއަށް އެހީތެރިވަމުން: އިންޑިއާ ސަފީރު
6 ގަޑިއިރު ކުރިން

މަދުވެގެން 1.5 ބިލިޔަން ރުފިޔާގެ މަޝްރޫއެއް މާލޭ ސިޓީ ކައުންސިލުން ކުރިޔަށް ގެންދަނީ
6 ގަޑިއިރު ކުރިން

ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަންނަވަނީ
6 ގަޑިއިރު ކުރިން


.gif&w=3840&q=75)