-1779701975417.webp&w=3840&q=75)
ސަފީރުކަމުގެ ފަތްކޮޅު މަހްލޫފް ޖަޕާނުގެ އެމްޕެރަރ އަށް އަރުވައިފި

މުޙައްމަދު ފަޟްލޫން - 25 މޭ 2026 - 10:04
ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައެޅުއްވި އާ ސަފީރު، އަޙްމަދު މަޚްލޫފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ޖަޕާނުގެ އެމްޕެރަރ، ހިޒް މެޖެސްޓީ ނަރުހީޓޯއަށް މިއަދު ހެނދުނު އަރުއްވައިފިއެވެ.
ޓޯކިޔޯގެ އިމްޕީރިއަލް ޕެލަސްގައި ބޭއްވުނު ރަސްމިއްޔާތުގައި، އެމްޕެރަރ ނަރުހީޓޯ ވަނީ ސަފީރު މަޚްލޫފަށް މަރުޙަބާ ވިދާޅުވެ، އެމަނިކުފާނުގެ ދައުރުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ސަފީރު މަޚްލޫފް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އެމްޕެރަރ އަށާއި ޖަޕާނުގެ ރައްޔިތުންނަށް ހެޔޮއެދުންތަކާއި ތަހުނިޔާ ރައްދުކުރައްވާފައެވެ.
މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ސަފީރު އެރުވިއެވެ.
ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ޤާއިމުކުރެވުނީ 14 ނޮވެމްބަރު 1967 ގައެވެ.
އަންނަ އަހަރަކީ ދެ ގައުމުގެ ދެމެދުގައި އޮތް މި ގާތް ގުޅުމަށް 60 އަހަރު ފުރޭ ތާރީހީ މުނާސަބަތު ފާހަގަކުރާނެ އަހަރެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސަފީރު މަޚްލޫފުގެ އަރިހުގައި، ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން އަހްމަދު އާދިލް އާއި، ސެކަންޑް ސެކްރެޓަރީ ހައްވާ ސަމްހާގެ އިތުރުން، އާމިނަތު ރަޒިއްޔާ އަދި އަޝްރަފް އަލީ ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅުން ހުރި ޙަބަރުތައް

އީދު ބަންދުގައި މަސް ނުގަންނާނެ: މިފްކޯ
6 ގަޑިއިރު ކުރިން

މިއަހަރުގެ އަޟްހާ އީދުގައި އެމްއޭސީއެލް އިން ކުލަގަދަ ހަރަކާތްތަކެއް ހުށަހަޅައިދެނީ
6 ގަޑިއިރު ކުރިން

ދަރަވަންދޫ އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލް ތަރައްގީ ކުރާނެ ބަޔަކު ހޯދަނީ
6 ގަޑިއިރު ކުރިން

މީރާ އަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 543 މިލިއަން ރުފިޔާ ހޯދައިފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)