logo
 އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ފަލާހް / ފޮޓޯ: މަޖިލިސް

އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ފަލާހް / ފޮޓޯ: މަޖިލިސް

މަޖިލީހުގެ ނައިބު ރައީސް ކަމަށް ކުރިމަތިނުލާނަން: ޕީޖީ ލީޑަރު ފަލާހް

profile

މުޙައްމަދު ފަޟްލޫން - 31 މޭ 2026 - 13:21

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތިލައްވަން ބޭނުންފުޅު ނުވާ ކަމަށް ޕީއެންސީ ޕީޖީ ގްރޫޕް ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ފަލާހް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހް ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމަށް އެމަނިކުފާނު ވާދަ ނުކުރައްވާ ކަމަށެވެ.

ފަލާހް ވަނީ އެމަނިކުފާނު މަޖިލީހުގެ ނައިބު ރައީސް ކަމަށް ވާދަ ނުކުރައްވާކަން ނޫސްތަކުގެ ސަމާލުކަމަށް ގެންނަވާ ކަމަށް ވިދާޅުވެފައެވެ.

ސަން އޮންލައިންގެ ހަބަރެއްގައި މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތިލައްވަން ގަސްތުކުރައްވާ ޕީއެންސީގެ މަޖިލިސް މެމްބަރުންގެ އެމަނިކުފާނުވެސް ހިމެނޭ ކަމަށް ޝާއިޢު ކުރި ހަބަރަކާއި ގުޅިގެން ފަލާހް ވަނީ އެކަން ދޮގު ކުރައްވާފައެވެ.

ޕީއެންސީގެ ބައެއް މެންބަރުންނާ ހަވާލާދީ ސަން އޮންލައިންގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އައްޔަނުކުރާނެ ބޭފުޅަކާ މެދު ޕާޓީގެ އެތެރޭގައި މިހާރު ދަނީ މަޝްވަރާ ކުރެވެމުންނެވެ.

މި މަގާމަށް އެންމެ ބޮޑަށް ވާހަކަދެކެވެމުންދާ ތިން ބޭފުޅުންނަކީ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިޤް (ޓޮމް) އާއި، ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ގެ އިތުރުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙެވެ.

ނަމަވެސް، މި ހަބަރުގެ ސްކްރީންޝޮޓެއް އެކްސްގައި ހިއްސާކުރައްވައި ފަލާޙް ވަނީ އެކަން ދޮގުކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށްވެސް ފަލާހް ވަނީ ވިދާޅުވެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk