
ވަން ޗައިނާ ސިޔާސަތަށް ރާއްޖެއިން އަދިވެސް ތާއީދުކުރޭ: ހާރިޖީ ވުޒާރާ

މުޙައްމަދު ފަޟްލޫން - 21 މޭ 2026 - 07:11
ދިވެހި ސަރުކާރުން ވަން ޗައިނާ ޕްރިންސިޕަލް ނުވަތަ އެއް ޗައިނާގެ ސިޔާސަތަށް ދެމުންގެންދާ ފުރިހަމަ ތާއީދާއި އިހުތިރާމް އާކޮށް، ޓައިވާނަކީ ޗައިނާގެ ބައިނުކުރެވޭނެ ބައެއް ކަމަށް ބަލައިގަތުމުގެ ސިޔާސަތު އަލުން ކަށަވަރުކޮށްދީފިއެވެ.
މިކަމާ ގުޅިގެން ދިވެހި ހާރިޖިއްޔާ އިން ނެރުނު ބަޔާނުގައި ބަޔާންކޮށްފައިވަނީ، މުޅި ޗައިނާ ތަމްސީލުކުރާ ހަމައެކަނި ގާނޫނީ ސަރުކާރަކީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރު ކަމަށް ރާއްޖެއިން ގަބޫލުކުރާ ކަމަށެވެ.
މިއީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރެވުނީއްސުރެ ރާއްޖެއިން ދަމަހައްޓަމުން އަންނަ، އަދި ބަދަލެއް ނުވާ ހަރުދަނާ އުސޫލެއްކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ހާރިޖީ ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، އދ. ގެ އާންމު މަޖިލީހުގެ ގަރާރު 2758 އާއި ބައިނަލްއަގުވާމީ ގާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޓައިވާނަކީ ޗައިނާގެ ސިޔާދަތީ ބައެއްގެ ގޮތުގައި ރާއްޖެއިން އަބަދުވެސް ބަލައިގަންނާނެއެވެ.
ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކާއެކުވެސް، ރާއްޖޭގެ މި ނިންމުމަށް އެއްވެސް ލޮޅުމެއް ނާންނާނެކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރުން ވަނީ އަރުވާފައެވެ.
ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީގައި ޗައިނާއަކީ ނުހަނު މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، އެ ގައުމުން ވެދެއްވަމުންދާ ދީލަތި އެހީތެރިކަމަށްޓަކައި ދިވެހި ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފައެވެ.
މީގެއިތުރުން، ޗައިނާއާއެކު އޮތް ގާތް ރަހުމަތްތެރި ގުޅުން އިތުރު ހަރުފަތްތަކަކަށް ގެންގޮސް، ސަރަހައްދީ ހަމަޖެހުމާއި ދެ ގައުމުގެ ލާބަޔާއި މަންފާއަށްޓަކައި ކުރެވޭ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމުގެ ޔަގީންކަންވެސް ހާރިޖީ ވުޒާރާގެ ބަޔާނުގައި ދީފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ ގައިދީއަކު ފިލައިގެން ހޯދަން ފަށައިފި
4 ގަޑިއިރު ކުރިން

ހުސްވި މަހު ރަސްމީ ރިޒާވްގައި ހުރީ 717.9 މިލިޔަން ޑޮލަރު: އެމްއެމްއޭ
5 ގަޑިއިރު ކުރިން

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ހިންގަން ޑޮކްޓަރ މުޙައްމަދު މާހިދު ޝަރީފު ހަމަޖައްސައިފި
5 ގަޑިއިރު ކުރިން

މިއީ ނަޝީދު ވާދަކުރަންވީ އިންތިހާބެއް ނޫން: ރައީސް ސޯލިހް
5 ގަޑިއިރު ކުރިން


.gif&w=3840&q=75)