
ނުކުޅެދެވޭ ފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިންނަށް ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މުޙައްމަދު ފަޟްލޫން - 20 މޭ 2026 - 10:50
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެ ފަރާތްތަކުގެ ބެލެނިވެރިންނަށް ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި، އެ މުއްދަތު އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް ހައުސިންގ މިނިސްޓްރީ އިން ބުނެފިއެވެ.
ސަރުކާރުން މި ބަދަލު ގެނައުމުގެ މައިގަނޑު މަގްސަދަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އަމިއްލައަށް ފޯމު ހުށަހެޅުމަށް އުޒުރުވެރިވާ ފަރާތްތަކަށާއި، 18 އަހަރު ނުފުރޭ ކުދިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގައި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމެވެ.
މި ފުރުސަތުގެ ދަށުން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރިންނަށް، އެ ފަރާތްތަކުގެ ބަދަލުގައި ފޯމު ހުށަހެޅުމުގެ އިޚްތިޔާރު މިހާރު ވަނީ ލިބިދީފައެވެ.
އާއިލީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ކުރެވިފައިވާ ކެޓަގަރީއަށް ކުރިމަތިލާއިރު، އެންސްޕާއިން ދޫކޮށްފައިވާ ނުކުޅެދުންތެރިކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންޖެހެއެވެ.
މީގެ އިތުރުން، މި ކެޓަގަރީން ކުރިމަތިލާ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ ޝަރުތު ހަމަވުމުގައި ބަލާ މުއްދަތުތަކަށްވެސް ސަރުކާރުން ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ.
ކުރިން އޮތް އުސޫލަށް ފެބުރުވަރީ މަހު ގެނައި އިސްލާޙާއެކު، މާލޭ ސަރަހައްދުގައި މެދުނުކެނޑި 5 އަހަރު ދިރިއުޅެފައިވާ ފަރާތްތަކަށް މިހާރު ފޯމު ހުށަހެޅޭނެއެވެ.
އަތޮޅުތަކުން ނުވަތަ ރަށުން އެކަށީގެންވާ ފަރުވާ ލިބެން ނެތުމުގެ ސަބަބުން މާލެއަށް ހިޖުރަކުރަން ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން، ވޭތުވެދިޔަ 1 އަހަރު ދުވަހު މާލެ ސަރަހައްދުން ފަރުވާ ހޯދަމުންދާ ފަރާތްތަކަށްވެސް މި ކެޓަގަރީގެ ދަށުން ކުރިމަތިލުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ ފުރުސަތުތަކަށް ޖެނުއަރީ މަހު ހުޅުވާލާފައިވާއިރު، އެހެން ހުރިހާ ކެޓަގަރީތަކަށް ފޯމު ހުށަހެޅުމުގެ ސުންގަޑި މި މަހުގެ ނިޔަލަށް ހަމަވާނެއެވެ.
ނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޚާއްޞަ ކެޓަގަރީއަށް ދީފައިވާ އިތުރު މުއްދަތާއެކު، އަންނަ މަހުގެ 15 އާ ހަމައަށް އެފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ ކަމަށް ހައުސިންގ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ހެޔޮ ވެރިކަން ގެނައުމަށް ތިނަދޫ އަކީ އެންމެ ބުރަކޮށް މަސައްކަތްކުރި އެއްރަށް: ރައީސް ނަޝީދު
7 ގަޑިއިރު ކުރިން

ޢަބްދުﷲ ޖަލީލް އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
7 ގަޑިއިރު ކުރިން

މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރުމުގެ ބަހުސްގައި 10 މިނެޓް ދޭން ނިންމައިފި
9 ގަޑިއިރު ކުރިން
ރ މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ
9 ގަޑިއިރު ކުރިން


.gif&w=3840&q=75)