logo

24 ރަށުގައި އިއާދަކުރުވަނިވި ހަކަތަ ގާއިމްކުރަން ސަރުކާރުން ނިންމައިފި

profile

މުޙައްމަދު ފަޟްލޫން - 10 އޭޕްރީލު 2026 - 10:08

ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ސަރުކާރުން ނިންމައިފިއެވެ.

https://wamco.com.mv/

މި މަޝްރޫއަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ހިންގާ އެސްޕަޔަރ (ASPIRE) އަދި އެރައިޒް (ARISE) މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މި ބިޔަ މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ރާއްޖޭގެ އިގްތިސާދީ އަދި ތިމާވެށީގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމެވެ. މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަނޑައަޅާފައިވާ ހަކަތައިގެ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.

އެގޮތުން 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ރައީސް ކަނޑައަޅުއްވާފައިވާ އަމާޒަށް ވާސިލްވުމަށް މި މަޝްރޫއުގެ ސަބަބުން ބޮޑު ބާރަކަށް ވެގެންދާނެއެވެ.

މި މަޝްރޫއު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމުން، އަހަރަކު ތެލަށް ކުރާ ހޭދައިން ބޮޑުބައެއް ސަލާމަތް ކުރެވި، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް މަގުފަހިވެގެންދާނެއެވެ. މިއީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ދުނިޔެއަށް އަންނަ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk