
ފޮސްޓާރ ކުރާ ކުދިންގެ ބެލެނިވެރިންނަށް ހާއްސަ ޗުއްޓީއެއް!

ރިޟްވާން މޫސާ - 26 މާރިޗު 2026 - 13:41
ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ އަހަރު ނުވާ ކުދިން ފޮސްޓާކުރާ ނުވަތަ އާއިލާ ތެރޭގައި ބަލަަހައްޓަން ހަވާލުވާ ވަޒީފާގައި އުޅޭ ބެލެނިވެރިންނަށް، ވިހެއުމުން ލިބޭ ފަދަ ޗުއްޓީއެއް ލިބޭނެ އިންތިޒާމް އަންނަ މަހު ހަމަޖެހިގެންދާނެ ކަމަށް އާއިލީ ތަރައްގީއާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ފޮސްޓާ ކުރުމާ ގުޅޭ ގޮތުން ހުރި އެކި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހަޅާފައިވާ ކަމަށެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ހުށައެޅޭ ކަންބޮޑުވުން ތަކުގެ ތެރޭގައި ތުއްތު ކުދިން ފޮސްޓާ ކުރާ ބެލެނިވެރިން، އެ ކުދިން ތުއްތު އިރު ކުދިންނަށް އަޅާލައި ވަގުތު ހޭދަ ނުކުރެވޭ މައްސަލަ ވެސް ހުށަހަޅާ ކަމަށެވެ.
ހޮސްޕިޓަލުގެ ތެރެއިން ނޫން ގޮތަށް ފޮސްޓާ ކުރާ ކުދިންނާ ގާތް ގުޅުމެއް އުފެއްދުމަށް ވަގުތުތަކެއް ބޭނުންވާ ކަމަށާއި އެފަދަ ބެލެނިވެރިންނަށް ވެސް ޗުއްޓީ ދިނުމާ މެދު މަޝްވަރާކުރެވި އެކަން ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.






.gif&w=3840&q=75)