
ޖެޓް ފިއުލް ލިބުމުގައި ދަތިކަމެއް ނެތް: މާލީ ވަޒީރު

މުޙައްމަދު ފަޟްލޫން - 25 މާރިޗު 2026 - 14:50
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ޖެޓް ފިއުލް ލިބުމުގައި ދަތިކަމެއް ނެތް ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލުޓީވީ އިން ކުރި ސުވާލެއްގެ ޖަވާބުގައި ވަޒީރު ވިދާޅުވީ އެސްޓީއޯ މެދުވެރިކޮށް ބޭނުންވާ ހުރިހާ ބާވަތެއްގެ ތެލާއި ކާބޯތަކެއްޗާއި ގޭސް މަދުނުވާނެހެން ގެނައުމުގެ އިންތިޒާމް ސަރުކާރުން ހަމަޖައްސަމުންދާ ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިަމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވެ ހަރަދުކުޑަކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ވަޒީފާތަކަށް އިތުރު އައު މީހުން ނުނަގަން ސަރުކާރަށް ލަފާ އަރުވާފައިވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ ޓިކެޓްގެ އަގު ބޮޑުނުވާނެކަން ކަށަވަރުކޮށް މޯލްޑިވިއަން މެދުވެރިކޮށް ދިވެހިންނަށް ދޫކުރާ ޓިކެޓްގެ އަގު ބޮޑު ނުވާނެ އިންތިޒާމް ހަމަޖެއްސުމަށް އިރުޝާދު ދީފައިވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދިވެހި ރާއްޖޭގެ ހާލަތު ގާތުން ބެލުމަށް ރައީސް ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލައްވާފައެވެ. މި ކޮމިޓީ އިން ދަނީ މެދުއިރުމަތީގެ ހާލަތު ގާތުން ބަލައި ރާއްޖޭގެ އިގްތިސާދީ ހާލަތަށް ލޮޅުން އަރާފާނެ ކަންކަން ހައްލު ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މެދުއިރުމަތީގެ މަސްރަހު ހޫނުވެފައި ވަނީ އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފެށުމުންނެވެ.
މި ހަމަލާތަކުގެ ރައްދުގައި އިރާނުން އަންނަނީ އިޒްރޭލާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ވެސް ހަމަލާތައް ދެމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ރައީސް ސާލިހް އަށް އައްޑޫ އިން ހޫނު މަރުހަބާއެއް
3 ގަޑިއިރު ކުރިން

އެމެރިކާއަށް ގަލްފްގެ ގައުމުތަކަށް ހިމާޔަތެއް ނުދެވުނު: ރައީސް ނަޝީދު
5 ގަޑިއިރު ކުރިން

ރައްޔިތުންގެ ހިޔާލު ހޯދާ ވޯޓް ނެގުން ހުއްޓުވަން އަލީ ހުސެއިން ހުށަހެޅި މައްސަލަ ބަލައެއް ނުގަތް
5 ގަޑިއިރު ކުރިން

ހިއްމަފުށި ޞިއްޙީމަރުކަޒުގެ އައު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)