logo

ރައީސް ސާލިހް އަށް އައްޑޫ އިން ހޫނު މަރުހަބާއެއް

profile

މުޙައްމަދު ފަޟްލޫން - 25 މާރިޗު 2026 - 16:44

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭންގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

https://wamco.com.mv/

ރައީސް ސާލިހް އައްޑޫސިޓީ އަށް ވަޑައިގެންނެވީ މިރޭގެ އިރާކޮޅުގެ ވަގުތެއްގައެވެ.

ރައީސް ސާލިހް އައްޑޫއަށް ވަޑައިގަތުމުން އެ ސިޓީގެ އެމްޑީޕީ ކެންޑިޑޭޓުން.ވަނީ ހޫނު މަރުހަބާއެއް ވިދާޅުފައެވެ.

ރައީސް ސާލިހަށް މަރުހަބާ ދަންނަވަން.ވަޑައިގެންނެވި ބޭފުޅުންގެ އަދަދު ގިނަކަމުން ސަލާމް ކުރައްވަން.ގިނަ ވަގުތުތަކެއް ހޭދަވިއެވެ.

ރައީސް ސާލިހް އަށް އައްޑޫ އަށް ވަޑައިގަތުމަކީ މޭޔަރުގެ ގޮނޑި އެމްޑީޕީ އިން ދިފާއުކޮށް މެޖޯރިޓީ ހޯދުން މުހިއްމުވާ އެއް ސަބަބެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މެޖޯރިޓީ އަކީ މިހާރުވެސް އެމްޑީޕީއެވެ.

މިފަހަރު އިންތިހާބުކުރާ ސިޓީ ކައުންސިލުން 2 ރަށް އުނިވި ނަމަވެސް ވަކިވެ ދެރަށް ކަމަށްވާ އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫ އިން ކައުންސިލް އިންތިހާބުގައި ނިކުމެ ތިބީ ފިސާރި ކެރިގެންނެވެ.

އެމްޑީޕީގެ ކެމްޕޭން ޝިޔާރު ކަމަށްވާ ހޭވައްލާ ތައްޔާރުވެ މުޅި އައްޑޫ ސިޓީ ރީނދޫ ކޮށްލަން އެމްޑީޕީ އިން ތިބީ ތައްޔާރަށެވެ.

އެމްޑީޕީގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން ވަޑައިގެން އައްޑޫ ސިޓީގައި ވަނީ ފޯރިގަދަ ކެމްޕޭން ލޯންޗްކޮށްފައެވެ. އެ ޖަލްސާ ތަކުގައި ކުރީސަފުން ލީޑަރޝިޕް އެކީގައި ކަހަލަ ގޮތަކަށް ބައިވެރިވެފައިވެއެވެ.

މީގެ އިތުރުން އެމްޑީޕީގެ އިސް ސަފުގައި ތިބި ފާހަގަކޮށްލެވޭ ގިނަ ބޭފުޅުންނަކީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން އައްޑޫ އާއި ގުޅުން އޮތް ފަރާތްތައްކަން ފާހަގަކޮށްލެވެއެވެ.

އައްޑޫ ސިޓީގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުން މުހިއްމު ވާ މައިގަނޑު އެއްސަބަބަކީ އެއް ޕާޓީއަކުން ލީޑަރޝިޕާއި މައިނޯރިޓީ ލީޑަރާއި މަޖިލިސް ރައީސްކަމާއި ރިޔާސީ އިންތިހާބުގެ ރަނިންގ މޭޓްކަން ފަދަ މުހިއްމު މަގާމުތަކެއް އެއް ރަށަކުން ގިނަ އަދަދެއްގެ ބޭފުޅުން ފުރުއްވާފައިވާތީއެވެ.

ރައީސް ސާލިހް

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk