
ހިއްމަފުށި ޞިއްޙީމަރުކަޒުގެ އައު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މުޙައްމަދު ފަޟްލޫން - 25 މާރިޗު 2026 - 14:29
ކ.ހިއްމަފުށި ޞިއްޙީމަރުކަޒުގެ އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ޞިއްޙީ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޝަރީފް އެވެ. އެމްޓީސީސީގެ ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އަހްމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފް އެވެ. އަރިހުގައި ދާޢިރާގެ އިއްޒަތްތެރި މެމްބަރ ޑރ. އަނާރާ ނަޢީމް ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި މަޝްރުޢޫގެ ދަށުން ނާސް ސްޓޭޝަނާއި، 04 އެނދުގެ 02 ވާޑަކާއި، 02 ޕްރައިވެޓް ރޫމް، ޕްރޮސީޖަރ ރޫމްގެ އިތުރުން ލެބޯޓްރީ އަދި ގަރާޖު، ޖެނެރަލް އަދި މެޑިކަލް ސްޓޯ ރޫމްސް އާއި އެކްސްރޭ ރޫމް އަދި ލޯންޑްރީ ރޫމް ޤާއިމުކުރެވިގެންދާނެ އެވެ.
ޖުމްލު 360 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މި މަޝްރުޢޫގެ އަގަކީ 11.2 މިލިއަން ރުފިޔާ އެވެ.
ގުޅުން ހުރި ޙަބަރުތައް

ރައީސް ސާލިހް އަށް އައްޑޫ އިން ހޫނު މަރުހަބާއެއް
3 ގަޑިއިރު ކުރިން

ޖެޓް ފިއުލް ލިބުމުގައި ދަތިކަމެއް ނެތް: މާލީ ވަޒީރު
5 ގަޑިއިރު ކުރިން

އެމެރިކާއަށް ގަލްފްގެ ގައުމުތަކަށް ހިމާޔަތެއް ނުދެވުނު: ރައީސް ނަޝީދު
5 ގަޑިއިރު ކުރިން

ރައްޔިތުންގެ ހިޔާލު ހޯދާ ވޯޓް ނެގުން ހުއްޓުވަން އަލީ ހުސެއިން ހުށަހެޅި މައްސަލަ ބަލައެއް ނުގަތް
5 ގަޑިއިރު ކުރިން


.gif&w=3840&q=75)