
އެމެރިކާއަށް ގަލްފްގެ ގައުމުތަކަށް ހިމާޔަތެއް ނުދެވުނު: ރައީސް ނަޝީދު

މުޙައްމަދު ފަޟްލޫން - 25 މާރިޗު 2026 - 14:49
ގަލްފުގެ ގައުމުތަކަށް ބޭނުންވާ ސަލާމަތީ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އެމެރިކާ ނުކުޅެދިފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ މިހާރުގެ މަސްލަހަތާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، އެ ސަރަހައްދުގެ ހާލަތު މިހާރު އަންނަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ. އަދި ހުޅަނގު އޭޝިއާގެ ސިޔާސީ މަސްލަހަތަށް އަންނަ ބަދަލުތަކާއެކު، އީރާނާއި ސައުދީ އަރަބިއްޔާ ހިމެނޭހެން ގަލްފުގެ ގައުމުތަކުގެ މެދުގައި އޮތް ނުތަނަވަސްކަން ހައްލުވެ، ގުޅުންތައް ބަދަހިވުމުގެ ފުރުސަތު މިހާރު ފަހިވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވި ގޮތުގައި، މި އަންނަ ބަދަލުތަކުގެ ސަބަބުން ބޭރުގެ ބާރުތަކަށް، ހާއްސަކޮށް އެމެރިކާއަށް އޮތް އިތުބާރާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.
އީރާނަށް އަމާޒުކޮށް އެމެރިކާ އާއި އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން، ރައްދުގައި އީރާނުން ވެސް ވަނީ ގަލްފުގެ ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރައީސް ސާލިހް އަށް އައްޑޫ އިން ހޫނު މަރުހަބާއެއް
3 ގަޑިއިރު ކުރިން

ޖެޓް ފިއުލް ލިބުމުގައި ދަތިކަމެއް ނެތް: މާލީ ވަޒީރު
5 ގަޑިއިރު ކުރިން

ރައްޔިތުންގެ ހިޔާލު ހޯދާ ވޯޓް ނެގުން ހުއްޓުވަން އަލީ ހުސެއިން ހުށަހެޅި މައްސަލަ ބަލައެއް ނުގަތް
5 ގަޑިއިރު ކުރިން

ހިއްމަފުށި ޞިއްޙީމަރުކަޒުގެ އައު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)