
ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

މުޙައްމަދު ފަޟްލޫން - 05 އޭޕްރީލު 2026 - 13:15
ވަތަނީ ހިދުމަތުގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތު މިނިސްޓްރީ އޮފް ޑިފެންސުން އިތުރުކޮށްފިއެވެ.
މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ސުންގަޑި މިއަދަށް ހަމަވާން އޮތް ނަމަވެސް، މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިހާރު ވަނީ މި މަހުގެ 7 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އާ ހަމައަށް އެ މުއްދަތު އިތުރުކޮށްފައެވެ.
ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ޚާއްޞަ ތަމްރީނު ޕްރޮގްރާމެކެވެ. މީގެ ތެރެއިން 18 އަހަރު ނުފުރޭ ކުދިން ބައިވެރިވާން އެދޭނަމަ، ޝަރުޢީ ނުވަތަ ޤާނޫނީ ބަލަދުވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުމާއި، ކުއްޖާގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހެއެވެ.
ތިންވަނަ ބުރަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މިދިޔަ ޖެނުއަރީ މަހު ފެށި މި ޕްރޮގްރާމުގެ ދެވަނަ ބުރުގެ ތަމްރީނުތައް މިހާރުވެސް ދަނީ ކުރިއަށެވެ.
މި ބުރުގައި ރާއްޖޭގެ 112 ރަށަކުން ޖުމްލަ 350 ޒުވާނުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 286 ފިރިހެން ބައިވެރިންނާއި 64 އަންހެން ބައިވެރިންނެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ ޑިސެންބަރު މަހު ނިމިގެންދިޔަ ފުރަތަމަ ބުރުގައި 344 ޒުވާނުން ވަނީ ތަމްރީނު ފުރިހަމަކޮށް ދަސްވެނިވެފައެވެ.
މި ޕްރޮގްރާމަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، އަދި ޖިސްމާނީ، ރޫޙާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ރައްޔިތުންތަކެއް ބިނާކުރުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ގުޅުން ހުރި ޙަބަރުތައް

އިއްޔެ ބޭއްވުނު އިންތިހާބުން ދާންވީ މަގު ސާފުކޮށްދީފި: މިނިސްޓަރ ޝިޔާމް
ގަޑިއިރެއް ކުރިން

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުނީ ކީއްވެ؟
ގަޑިއިރެއް ކުރިން

ރާއްޖެއިން ހައްޖަށްދާ ފުރަތަމަ ފްލައިޓް ފުރުން މެއި މަހުގެ 15 ވަނަ ދުވަހު
4 ގަޑިއިރު ކުރިން

ރައީސްގެ ދެކަނބަލުން ހޯމަދުވަހު އުމްރާއަށް ވަޑައިގަންނަވަނީ
4 ގަޑިއިރު ކުރިން


.gif&w=3840&q=75)