logo

ރައީސްގެ ދެކަނބަލުން ހޯމަދުވަހު އުމްރާއަށް ވަޑައިގަންނަވަނީ

profile

މުޙައްމަދު ފަޟްލޫން - 05 އޭޕްރީލު 2026 - 12:43

ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން 6 އޭޕްރީލްވާ ހޯމަދުވަހު ސަޢޫދީޢަރަބިއްޔާއަށް ފުރާވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

https://wamco.com.mv/

ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުން އުމްރާގެ އަޅުކަން އަދާުރަން ސައުދީ އަށް ކުރައްވާ ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވަނީ ސަޢޫދީޢަރަބިއްޔާގެ ސަރުކާރުންނެވެ.

ދަތުރުފުޅާ ގުޅޭ މި ހުރިހާ ކަމެއްވަނީ މިދިޔަ ފެބުރުވަރީމަހުގެ ކުރީކޮޅު ހަމަޖައްސަވައިފައިވާ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސްގެ ދެކަނބަލުން ހުސްވި އަހަރު ވަނީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލްގެ ދެކަނބަލުންނާއި، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢުގެ ދެކަނބަލުންނާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިޚް މުޙައްމަދު ލަޠީފްގެ ދެކަނބަލުންގެ އިތުރުންދި ޗީފް އޮފް ޕްރޮޓޮކޯލް، މުޙައްމަދު ޝަހުދީ ބައިވެރިވެވަޑަގެންނެވިއެވެ.

ރައީސްގެ ދެކަނބަލުން ހައްޖަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ މާޗް މަހުގެ ފަހުކޮޅުއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk