logo

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުނީ ކީއްވެ؟

profile

މުޙައްމަދު ފަޟްލޫން - 05 އޭޕްރީލު 2026 - 16:04

މި އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އަގުލަބިއްޔަތު ސަރުކާރު ހިންގާ ޕާޓީއަށް ވަނީ ބޮޑުތަނުން ގެއްލިފައެވެ.

https://wamco.com.mv/

ސުވާލަކީ މިއީ ކިހިނެތް ވީ ކަމެއް ބާއެވެ.

މިސުވާލުގެ ޖަވާބަށް ބަލައިލާއިރު. ވެރިކަން ހިންގާ ޕާޓީ، ޕީއެންސީ އިން ލޯކަލް ކައުންސިލް އިންތިހާބަށް ވަރަށް ފުރިހަމައަށް ދިޔައީ ތައްޔާރު ވަމުންނެވެ. ބޮޑެތި ހުރިހާ ސިޓީތަކަކަށް ލީޑަރޝިޕްގެ ޓީމްތައް ރޯދަމަހު ދަތުރުތައް ފެށީ އުއްމީދުގައެވެ.

ކުޅުދުއްފުށި ސިޓީ އާއި ތިނަދޫ ސިޓީ އާއި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ ގައި ޕީޢެންސީ އިން ބާއްވާލީ އެ ސިޓީތައް ސިއްސައިގެންދާ ވަރުގެ ބިޔަ ޖަލްސާތަކެކެވެ. އެ ޖަލްސާތަކަށް ދިޔަ އާއްމު ރައްޔިތުންގެ އަދަދު ގުނަން ފަސޭހަ ނުވި ނަމަވެސް އެ ޖަލްސާތަކުން ސާފުވި މަންޒަރަކީ ޕީއެންސީ އަށް އޮތް ބޮޑު ތާއީދެވެ.

ޕީއެންސީގެ ލީޑަރޝިޕާއި ސިޓީ ކައުންސިލްތަކަށް ކުރިމަތިލާފައި ތިބި ހުރިހާ ކެންޑިޑޭޓުުން ކެމްޕޭން ކުރަމުން ދިޔައީ ވަރަށް ޖޯޝާއި ފޯރި އާއި އެކުގައެވެ.

އުއްމީދު ކުރަމުންދިޔަ ފަދަ ނަތީޖާ އެއް ނުލިބި ހުރިހާ ސިޓީތަކެއްގެ މޭޔަރުންގެ ގޮތުގައި އިދިކޮޅު އެމްޑީޕީ އިން ތަފާތު ބޮޑުކޮށް ނެގީ ކުއްލި ހައިރާން ކަމަކާއެކުގައެވެ.

މާލެ ސިޓީގެ މޭޔަރުކަމުގެ ގޮނޑި އާދަމް ދިފާއު ކުރެއްވިއިރު، ތިނަދޫ ސިޓީގެ ގޮނޑި ސައުދު އަލީ ދިފާއު ކުރައްވައި، އައްޑޫ ސިޓީގެ މޭޔަރު ކަމުގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރުގެ މޭޔަރު އަލީ ނިޒާރު ކާމިޔާބު ކުރެއްވިއެވެ. އަދި ފުވައްމުލައް ސިޓީގެ ގޮނޑި އެމްޑީޕީ އިން މިހާރުގެ މޭޔަރު އަލީ ރަފީގް ކާމިޔާބު ކުރެއްވި އިރު ކުޅުދުއްފުށި ސިޓީގެ ގޮނޑި މިހާރު މޭޔަރު އަދި އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު އާތިފް ކާމިޔާބު ކުރެއްވީ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.

ސަރުާކާރުން ބުނަމުން ދިޔައީ ކޮންމެ ސިޓީއަކަށް މޭޔަރުންގެ ގޮތުގައި ޕީއެންސީ އިން ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންނަކީ އެ ސިޓީއެއްގެ މައްސަލަތައް ހައްލުކުރެވޭނެ ކަމުގެ ގާބިލް ފަރާތްތައް ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ތާއީދު ޕީއެންސީގެ ފަރާތުން މޭޔަރު ކަމަށް ކުރިމަތިލެއްވި ކެންޑިޑޭޓުންނަށް މާބޮޑު ނޫންކަން ދޭހަވީ ލިބުނު ނަތީޖާ އެވެ.

ޕީއެންސީގެ ފަރާތުން އިންތިހާބުގެ ހުރިހާ ދާއިރާ އަކަށް ކެންޑިޑޭޓުން ވާދަކުރިއިރު ބައެއް ދާއިރާތަކުގެ މެޖޯރިޓީ ޕީއެންސީ އިން ވަނީ ނަގާފައެވެ.

އެމްޑީޕީ އިން އިންތިހާބުގެ ހުރިހާ ދާއިރާއަށް ކުރިމަތި ނުލާތީ އެވާހަކަ ޕީއެންސީ އިން ފާހަގަކުރިއެވެ.

މިފަހަރުގެ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާއި އެކުގައި ރައްޔިތުންގެ އާއްުމު ހިޔާލު ހޯދުމުގެ ވޯޓުވެސް ނެގިގެން ދިޔައެވެ.

އާއްމު ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތުން ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ވަނީ ނޫނެކޭ ބުނެފައެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްދުވަހެއްގައި ބާއްވަން ފެންނަ ކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް އާއްމު ރައްޔިތުންގެ ހިޔާލު މިކަމުގައި ތަފާތެވެ.

ރައްޔިތުން ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން ބޭނުމެއް ނޫނެވެ. އެކަން ވަނީ އިއްޔެ ނެގުނު ވޯޓުން ސަރީހަކޮށް ފެނި ހާމަވެގެން ގޮސްފައެވެ.

ފަހަރުގައި ލޯކަލް ކައުންސިލް އިންތިހާބު ސަރުކާރު ހިންގާ ޕީއެންސީއަށް ގެއްލުނީ ފެންނަ ނުފެންނަ ވޯޓްގެ ކެމްޕޭނާއި ހެދިގެން ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk