
ރާއްޖެއިން ހައްޖަށްދާ ފުރަތަމަ ފްލައިޓް ފުރުން މެއި މަހުގެ 15 ވަނަ ދުވަހު

މުޙައްމަދު ފަޟްލޫން - 05 އޭޕްރީލު 2026 - 13:15
ރާއްޖެއިން ހައްޖަށްދާ ފުރަތަމަ ފްލައިޓް ފުރުން މެއި މަހުގެ 15 ވަނަ ދުވަހު 242 މީހުންނާ އެކުގައި ފުރަން ހަމަޖެހިއްޖެއެވެ.
ހުސްވި އަހަރުން ފެށިގެން ހައްޖަށްދާ މީހުން ގެންދިއުމަށް ނިންމާފައިވަނީ، %50 މީހުން ސައުދީ އަރަބިއްޔާގެ ސައުދިއާ އެއާލައިން އަދި %50 މީހުން ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓުގައެވެ.
ރާއްޖެއިން ހައްޖަށްދާ މީހުން ހައްޖަށް ދާ ތާރީހު ތަކަށް ބަލާއިރު
ފުރަތަމަ ފްލައިޓް ފުރަން ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 15 ވަނަ ދުވަހު 242 މީހުންނާއެކު
ދެވަނަ ފްލައިޓް ފުރަން ހަމަޖެހިފައިވަނީ މެއި މަހުގެ 17 ވަނަ ދުވަހު 250 މީހުންނާ އެކު
ތިންވަނަ ފްލައިޓް ފުރަން ހަމަޖެހިފައިވަނީ މެއި މަހުގެ 18 ވަނަ ދުވަހު 243 މީހުންނާ އެކު
ހަތަރުވަނަ ފްލައިޓް ފުރަން ހަަމަޖެހިފައިވަނީ މެއި މަހުގެ 19 ވަނަ ދުވަހު 250 މީހުންނާއެކު
ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށްފަހު ސައުދީ އިން އަނބުރާ ރާއްޖެ އަންނާނީ ޖޫން މަހުގެ ތެރޭގައެވެ.
ޖޫން މަހުގެ 5 އަދި 8 ޖޫންގައި ދަތުރުކުރާ މީހުން ދަތުރު ކުރާނީ، ސައުދިއާ އެއާލައިންގައެވެ.
ޖޫން 7 އަދި 9 ގައި ރާއްޖެ އަންނަ މީހުން އަންނާނީ، މޯލްޑިވިއަންގެ ފްލައިޓުގައެ
ހާޖީން ފުރާނެ ތާރީޚުތައް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އެ ފަރާތްތަކަށް އަންގަމުން ގެންދާނެއެވެ.
ރާއްޖެއިން ޙައްޖަށްދާ މީހުންގެ 50 އިންސައްތަ ސައުދީ އެއާލައިންގައި އުފުލުމާ ގުޅޭ އެއްބަސްވުމުގައި، އެ އެއާލައިނާއި ޙައްޖު ކޯޕަރޭޝަނާ ދެމެދު ސޮއިކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހު ޖިއްދާގައި ބޭއްވި "ޙައްޖު ކޮންފަރެންސް އެންޑް އެގްޒިބިޝަން 2025" ގެ ތެރެއިންނެވެ.
ހައްޖުގެ އިންތިޒާމުތައް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި، ޙައްޖު މިޝަން އަދި ކޯޕަރޭޝަން ގުޅިގެން މިހާރު ދަނީ ފުރިހަމަކުރަމުންނެވެ. އިނގިރޭސި ކަލަންޑަރުން ބަލާއިރު، މިއަހަރުގެ އަރަފާތު ދުވަސް ދިމާވަނީ މޭ މަހުގެ 26 ވަނަ ދުވަހާއެވެ.
ރާއްޖެއަށް ކޮންމެ އަހަރަކުވެސް ރަސްމީކޮށް ލިބެނީ 1000 ޙައްޖު ކޯޓާއެވެ.
ހާޖީންގެ އިތުރުން، އެ ފަރާތްތަކަށް އެހީތެރިވުމަށްދާ އެކި އިދާރާތަކުގެ މުވައްޒަފުންވެސް ދަތުރުކުރަނީ މި ކޯޓާގެ ދަށުންނެވެ.
ހައްޖުގެ އެންމެ ފަހުގެ ތައްޔާރީތައް ހަމަޖެއްސުމަށްޓަކައި، ޙައްޖު މިޝަން ފުރުމަށް ތާވަލުކުރެވިފައިވަނީ މޭ މަހުގެ 4 ވަނަ ދުވަހުއެވެ.
ގުޅުން ހުރި ޙަބަރުތައް

އިއްޔެ ބޭއްވުނު އިންތިހާބުން ދާންވީ މަގު ސާފުކޮށްދީފި: މިނިސްޓަރ ޝިޔާމް
ގަޑިއިރެއް ކުރިން

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުނީ ކީއްވެ؟
ގަޑިއިރެއް ކުރިން

ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން
4 ގަޑިއިރު ކުރިން

ރައީސްގެ ދެކަނބަލުން ހޯމަދުވަހު އުމްރާއަށް ވަޑައިގަންނަވަނީ
4 ގަޑިއިރު ކުރިން


.gif&w=3840&q=75)