
ދެ އިންތިހާބު އެއްކޮށްލަން ނަޝީދުވެސް ދެކޮޅު ހައްދަވައިފި

މުޙައްމަދު ފަޟްލޫން - 26 ފެބްރުއަރީ 2026 - 07:59
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވަން ނުފެންނަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވަނީ ދެ އިންތިހާބު އެކުގައި ބާއްވަން ނުފެންނަ ކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލަން ރައްޔިތުންގެ މެދުގައި ހިޔާލު ހޯދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓްގައި ނޫނެކޭ ބުނަން ތައްޔާރަށް ހުންނެވި ކަމަށެވެ.
ގައުމީ މަޖިލީހަށް ރައިސް ނަޝީދު ފޮނުއްވި މެސެޖްގައި އެމްޑީޕީ އިން ދެއިންތިހާބު އެއްކޮށްލުމާއި ދެކޮޅަށް ނިންމި ނިންމުމަށް ތާއީދު ކުރައްވާކަން ހާމަކޮށް ކުރިއަށް އޮތް ޕަބްލިކް ރެފަރެންޑަމްގައި އެމްޑީޕީގެ ނިންމުމާއި އެއްކޮޅަށް ވޯޓް ދެއްވާނެ ކަަމަށް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ޑިމޮކްރަސީއަށް ކުރާ ހަރަދަކީ ބޮޑު ހަރަދެއްް ނޫން ކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވަނީ އިންތިހާބުތައް ވަކިން ބޭއްވުމަކީ ރައްޔިތުންގެ ބައިވެރިވުން އިތުރުވެ ތަރައްގީއަށް މަގުފަހިވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.
އިންތިހާބުތައް އެކުގައި ބޭއްުވުމަކީ ރައްޔިތުންގެ ބައިވެރިވުން ކުޑަވާނެ ކަމަށް ވިދާޅުވެ އެކަމުން ރައްޔިތުންގެ ތާއީދު ނުލިބިގެންދާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު އިންތިހާބު ތައް އެއްކޮށްލުމާއި ދެކޮޅަށް ވާހަކަ ދައްކަވާފައިވާއިރު, އެމްޑީޕީ އިން ވަނީ ދެ އިންތިހާބު އެކުގައި ބާއްވާ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައެވެ.
އެމްޑީޕީ އިން ބުނީ ރައީސް ޑރ މުހައްމަދު މުއިއްޒު ދެ އިންތިހާބު އެއްކޮށްލަން ނެެރެފައިވާ ގަރާރަކީ ގާނޫނާއި ހިލާފު ގަރާރެއް ކަަމަށެވެ.
އެމްޑީޕީ އިން ވަނީ ދެ އިންތިހާބު އެއްކޮށްލުމާއި ދެކޮޅަށް އަންނަ މާޗް މަހުގެ 21 ގައި މުޅި ރާއްޖޭގައި ކެމްޕޭން ހަރަކާތެއް ބާއްވަން ނިންމާފައެވެ.






.gif&w=3840&q=75)