
އެމްޑީޕީ އަށް ރައީސްގެ ވަރުގަދަ ރައްދެއް! ތިއުޅެނީ ކަޑަ ޖައްސަވަން!

ރިޟްވާން މޫސާ - 26 ފެބްރުއަރީ 2026 - 20:31
ދެ އިންތިޙާބު އެއްކުލުމުގެ ވާހަކައަށް އިޝާރާތްކުރައްވައި އިދިކޮޅު އެމްޑީޕީ އަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަރުގަދަ ރައްދެއް މިރޭ ދެއްވައިފި އެވެ
ޕީއެންސީގެ ޓީމުން މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވެވި ޖަލްސާ ތަރާވީހުގައި އެމަނިކުފާނުގެ ސަޕޯޓަރުންނާއި، އެއްވެ ތިއްބެވި ގިނަ އަދަދެއްގެ ރައްޔިތުންނާއި މުޙާތަބު ކުރައްވައި ރައީސުލް ޖުމްހޫރިއްޔާ މިރޭ ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ވޯޓު ނަގަން އިދިކޮޅު ދެކޮޅު ހަދަނީ، އިންތިޚާބަށް ކަޑަޖެހުމަށް އާދަވެފައި ތިބުމުން ކަމަށެވެ.
ދެ އިންތިހާބު އެއްކޮށްލުމަކީ ދައުލަތުން އިންތިހާބު ތަކަށް ކުރަމުން އަންނަ ޙަރަދު ވަރަށް ބޮޑަށް ކުޑަ ވެގެންދާނެ ކަމެއް ކަމަށް އިންތިހާބުތައް އިންތިޒާމު ކުރުމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން އަންނަ އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ބުނެފަ އެވެ.
ދެ އިންތިޙާބު އެއްކޮލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޙާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޙާބާއި އެއްކޮށެވެ.
މިކަން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ގަރާރަކުން އިއުލާން ކުރެއްވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުގަ އެވެ.
ދެ އިންތިޚާބު އެއްކޮށްލާ ވޯޓު ނަގާ ދުވަހެއް ކަނޑައެޅުމުގެ ކުރިން އިދިކޮޅު ބައެއް ބޭފުޅުން މަޖިލީހާއި ރިޔާސީ އިންތިޚާބު އެއްކޮށްލާ ވޯޓު އެއް ދުވަހެއްގައި ބޭއްވުން ރަނގަޅު ކަމަށް ވިދާޅުވެ، މިހާރު އެ ގޮތް ބަދަލުވެފައިވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކުރީ ޒަމާނުއްސުރެ އޮންނަނީ އިންތިޚާބަށް ކަޑަ ޖެހުމުގެ އުސޫލު ކަމަށެވެ. މިގޮތުން، އިންތިޚާބަށް ކައިރިވުމުން ކެންޑިޑޭޓުން ރަށްތަކަށް ދަތުރުކޮށް، ކަޑަ ނުވަތަ ބިންގާ އަޅާކަން ފާހަގަކުރެއްވިއެވެ.
އެމްޑީޕީ އަށް ނިސްބަތްކޮށް މަލާމާތުގެ ރާގަކަށް އެމަނިކުފާނު ވިދާޅުވީ އޭގެފަހުން އެ މީހުން ނުވެސް ފެންނާނެ ކަމަށާއި ދެން ފެންނާނީ އާ ކަޑައެއް ޖަހަން ކަމަށް އަންނަ މަންޒަރު ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލޭ 3 ވަނަ ފިޔަވަހީގައި 1000 ހައުސިން ޔުނިޓު އެޅުމަށް ބަޔަކު ހޯދަނީ
4 ގަޑިއިރު ކުރިން

އައްޑޫގެ ބައެއް އިދާރީ ދާއިރާތަކަށް ބަދަލު ގެންނަވައިފި
4 ގަޑިއިރު ކުރިން

"ރަށިޔާ-ޔޫކްރެއިން" 20 މީހަކު ޒަހަމް ކޮށްލައިފި
4 ގަޑިއިރު ކުރިން

ސޫރިޔާގެ ޖޫލާންގެ އުސްބިންތަކަށް ޔަހޫދީ ސިފައިން ވަދެގެންފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)