logo

ހުޅުމާލޭ 3 ވަނަ ފިޔަވަހީގައި 1000 ހައުސިން ޔުނިޓު އެޅުމަށް ބަޔަކު ހޯދަނީ

profile

ރިޟްވާން މޫސާ - 26 ފެބްރުއަރީ 2026 - 19:09

ހުޅުމާލޭ ތިން ވަނަ ފިޔަވަހީގައި 1000 ހައުސިން ޔުނިޓު އެޅުމަށް ބަޔަކު ހޯދުމަށް އިއުލާނުކޮށްފި އެވެ.

https://wamco.com.mv/

ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕްގެ ދަށުން ހުޅުމާލެ 3 ވަނަ ފިޔަވަހީގައި 1000 ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދުމަށް މިއަދު ވަނީ އިޢުލާނުކޮށްފަ އެވެ.

މިކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލާފަވަނީ މާރިޗު މަހުގެ 23 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށެވެ.

މި ޕްރޮޖެކްޓަށް ހުޅުވާލާފަވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާގޮތަށެވެ.

ހުޅުމާލެ 3 ވަނަ ފިޔަވަހީގައި ތަރައްޤީކުރާ 1000 ހައުސިންގ ޔުނިޓްގެ މި މަޝްރޫޢު ކުރިއަށް ގެންދާނީ "އެފޯޑަބަލް ހޯމް އޯނަޝިޕް" މޮޑެލްއަށެވެ. މިއީ ބޯހިޔާވަހިކަމުގެ މިންގަނޑުތަކުގެ ތެރެއިން، އެންމެ އަސާސީ މިންގަނޑަށްވުރެ މަތިން ކުރިއަށްގެންދާ ކެޓަގަރީއެކެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން މި ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ހުޅުވާލާފަވަނީ %100 ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށެވެ.

އެ ވުޒާރާއިން ވިދާޅުވީ ދިވެހި ކުންފުނިތަކަށް މި ފުރުޞަތު ހުޅުވާލުމުގެ ބޭނުމަކީ ތަރައްޤީގެ މަސައްކަތްތަކުގައި ދިވެހި ކުންފުނިތަކަށް ޙިއްސާ އިތުރުކޮށް، ކުރިއެރުމަށް ފުރުޞަތު ހޯދައިދިނުންކަމަށެވެ.

"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ފުރަތަމަ އިޢުލާނުކޮށްފަވާ 7900 ހައުސިން ޔުނިޓްވެސް ދޫކުރުމަށް ހަމަޖެހިފަވަނީ މާލެ ސަރަޙައްދުންނެވެ.

އެގޮތުން ބޭންކް އޮފް މޯލްޑިވްސްއާއި ހަވާލުކޮށްގެން، އެފޯޑަބަލް ހައުސިން ކެޓަގަރީގެ ދަށުން ތަރައްޤީކުރާ 3272 ޔުނިޓްގެ ޢަމަލީ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. މި މަޝްރޫޢުގައި ތަރައްޤީކުރަނީ ވިލިމާލެއިން 312 ފްލެޓް، ހުޅުމާލެ ފުރަތަމަ ފިޔަވަހިން 546 ޔުނިޓް އަދި ހުޅުމާލެ 3 ވަނަ ދިޔަވަހިން 2414 ހައުސިން ޔުނިޓެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk