
ސޫރިޔާގެ ޖޫލާންގެ އުސްބިންތަކަށް ޔަހޫދީ ސިފައިން ވަދެގެންފި

ރިޟްވާން މޫސާ - 26 ފެބްރުއަރީ 2026 - 19:08
ޔަހޫދީ ދައުލަތުން އިސްތިޢުމާރު ކޮށްފައިވާ ޖޫލާންގެ އުސް ބިންތަކުގެ ހުޅަނގު ދެކުނުގައި އޮންނަ ސޫރިޔާގެ ޤުނޭޠުރާ ސަރަޙައްދަށް، ޔަހޫދީ ސިފައިން ވަދެގެންފިއެވެ.
ސޫރިޔާގެ ބިމެއް ކަމުގައިވާ ޖޫލާންގެ އުސް ބިންތަކަށް ޔަހޫދީން އަތްގަދަ ކޮށްފައި ވަނީ 1967ވަނަ އަހަރުގެ ހަ ދުވަހުގެ ހަނގުރާމައިގައެވެ.
އަދި, 1981ވަނަ އަހަރު ޔަހޫދީން ވަނީ އެ ސަރަޙައްދަށް ވެރިވެގަނެ، އެއީ ޔަހޫދީންގެ ބިމެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. އެއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީން ހިންގާފައިވާ ޢަމަލެކެވެ.
ފާއިތުވި 13 އަހަރު ސޫރިޔާގައި ވެރިކަން ކުރައްވަމުން ދިޔަ ބައްޝާރު އަލް-އަސަދުގެ ވެރިކަން ވެއްޓުމުން، ދަނޑިވަޅުގެ ބޭނުން ހިފައި، ޖޫލާންގެ އުސްބިންތަކަށް އަތްގަދަކޮށް، އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ބިރު ދައްކައި، އެކިއެކި ގޯނާތައް ދަނީ ކުރަމުންނެވެ.
މިދިޔަ އަހަރު އެކަނިވެސް، ބަރު ހަތިޔާރާއި ޑްރޯން ބޭނުންކޮށްގެން، ޔަހޫދީން ސޫރިޔާއަށް 600އަށް ވުރެ ގިނަ ޙަމަލާ ވަނީ އަމާޒުކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

އެމްޑީޕީ އަށް ރައީސްގެ ވަރުގަދަ ރައްދެއް! ތިއުޅެނީ ކަޑަ ޖައްސަވަން!
2 ގަޑިއިރު ކުރިން

ހުޅުމާލޭ 3 ވަނަ ފިޔަވަހީގައި 1000 ހައުސިން ޔުނިޓު އެޅުމަށް ބަޔަކު ހޯދަނީ
4 ގަޑިއިރު ކުރިން

އައްޑޫގެ ބައެއް އިދާރީ ދާއިރާތަކަށް ބަދަލު ގެންނަވައިފި
4 ގަޑިއިރު ކުރިން

"ރަށިޔާ-ޔޫކްރެއިން" 20 މީހަކު ޒަހަމް ކޮށްލައިފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)