
"ރަށިޔާ-ޔޫކްރެއިން" 20 މީހަކު ޒަހަމް ކޮށްލައިފި

ރިޟްވާން މޫސާ - 26 ފެބްރުއަރީ 2026 - 19:08
މިސައިލާއި އަސްކަރީ ޑްރޯން ބޭނުން ކޮށްގެން ޔޫކްރެއިންގެ މައި ރަށްތަކަށް އަމާޒުކޮށް ރަޝިޔާ އިން ވަރުގަދަ ހަމަލާ ތަކެއް ދީފި އެވެ
ރަޝިޔާގެ ޙަމަލާތަކުގެ ސަބަބުން އިރުމަތީ އަދި ދެކުނުގެ ސަރަޙައްދުތަކުގެ ރަށްތަކުގައި މީހުން ދިރިއުޅޭ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ގާތްގަނޑަކަށް 20 މީހަކަށް އަނިޔާވި ކަމުގައެވެ.
ވެރިރަށް ކީވާއި ޚަރްކިވް ސަރަޙައްދަށް ޙަމަލާ ދިނުމަށް ރަޝިޔާއިން ވަނީ ބެލިސްޓިކް އަދި ކްރޫޒް މިސައިލް ބޭނުން ކޮށްފައެވެ. އަދި، ދެކުނުގައި އޮތް ޒަޕޮރީޜިޔާއަށް ޙަމަލާ ދިނުމަށް ގިނަ އަދަދެއްގެ ޑްރޯން ބޭނުން ކުރިއެވެ.
ފިނިމޫސުން ފެށުނު ފަހުން ރަޝިޔާއިން ދީފައިވާ ޙަމަލާތަކުގައި އިންޖީނުގެތަކާއި ސަބްސްޓޭޝަންތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ. އޭގެ ސަބަބުން ޢާންމުން ދިރިއުޅޭ ގިނަ ރަށްތަކަކުން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވެއެވެ.
ޔޫކްރެއިންގެ އަސްކަރިއްޔާއިން ވަނީ ކީވަށް ޙަމަލާ ދިނުމަށް ބޭނުން ކުރި މިސައިލްތައް ދިފާޢުކޮށް، ވައްޓައިލާފައެވެ. ނަމަވެސް، ވެއްޓުނު މިސައިލްތަކުގެ ބައިތައް ޖެހި ބައެއް އިމާރާތްތަކަށް ވަނީ ގެއްލުން ލިބިފައެވެ.
ގުޅުން ހުރި ޙަބަރުތައް

އެމްޑީޕީ އަށް ރައީސްގެ ވަރުގަދަ ރައްދެއް! ތިއުޅެނީ ކަޑަ ޖައްސަވަން!
2 ގަޑިއިރު ކުރިން

ހުޅުމާލޭ 3 ވަނަ ފިޔަވަހީގައި 1000 ހައުސިން ޔުނިޓު އެޅުމަށް ބަޔަކު ހޯދަނީ
4 ގަޑިއިރު ކުރިން

އައްޑޫގެ ބައެއް އިދާރީ ދާއިރާތަކަށް ބަދަލު ގެންނަވައިފި
4 ގަޑިއިރު ކުރިން

ސޫރިޔާގެ ޖޫލާންގެ އުސްބިންތަކަށް ޔަހޫދީ ސިފައިން ވަދެގެންފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)