
--
ސްކްރިނިއާ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީއަށް ސޮއިކޮށްފި

އަހުމަދު ލައްމާހު އަޒީޒު - 07 ޖުލައި 2023 - 10:57
ޕީއެެސްޖީއިން ސްލޮވާކިއާގެ ޑިފެންޑަރ ސްކްރިނިއާ ހިލޭ ޓްރާންސްފާއެއްގައި ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސޮއިކޮށްފި އެވެ.
ސްކްރިނިއާ ވަނީ އިންޓަ އަށް ފަސް އަހަރު ކުޅެ، 2020-21 ވަނަ އަހަރުގެ ސީޒަންގައި ސެރީ އޭގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ. އަދި އޭނާ ވަނީއިންޓަ މިލާނާ އެކު ދެ ފަހަރެއްގެ މަތިން ކޮޕާ އިޓާލިއާ ކާމިޔާބުކޮށްފަ އެވެ.
އުމުރުން 28 އަހަރުގެ ސްކްރިނިއާ ޕީއެސްޖީއަށް ސޮއިކުރީ އެ ކްލަބުގެ އާ ކޯޗުގެ މަގާމަށް ސްޕެއިންގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ ހަމަޖެއްސިތާ އެއްދުވަސް ފަހުންނެވެ.
ސްކްރިނިއާ ބުނީ ޕީއެސްޖީއަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނާއި ހިތްވަރުދޭ ސަޕޯޓަރުން ތިބި އެންމެ ވަރުގަދަ އެއް ކްލަބް ކަމަށެވެ. "ވަރަށް އުފާވޭމިކަހަލަ ބޮޑު ކްލަބެއްގައި ނަން މަޝްހޫރު މޮޅު ކުޅުންތެރިންނާއެކު ކުޅެން ލިބުމުން ." އިންޓަވިއު އެއްގައި ބުންނެވެ.
ސްކްރިނިއާ ޕީއެސްޖީ އަށް ސޮއިކޮށްފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ބޮޑު ކްލަބްތަކުންވެސް އޭނާގެ ސޮއި ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާދަނޑިވަޅެއްގައެވެ. އެގޮތުން އޭނާގެ ސޮއި ހޯދުމަށް ޓޮޓެންހަމް ހޮޓްސްޕާސް އާއި ލިވަޕޫލުން ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން