
އަމީތާބް ބައްޗަން އާއި ޖާޔާ ބައްޗަންގެ ކައިވެންޏަށް 50 އަހަރު!

ޢާއިޝަތު ޢަލީ - 04 ޖޫން 2023 - 14:18
ބޮލީވުޑްގެ މެގަސްޓަރ އަމީތާބް ބައްޗަން އާއި ޖާޔާ ބައްޗަންގެ ކައިވެންޏަށް 50 އަހަރު ފުރިއްޖެއެވެ.
ސޯޝަލް މީޑިއާގައި ފުދޭވަރަކަށް "އެކްޓިވްކޮށް" ހަރަކާތްތެރިވާ އަމީތާބް ބައްޗަން ވަނީ އޭނާ އާއި އޭނާގެ ބަތަލާ އަނބިމީހާ ޖަޔާ ބައްޗަންގެ 50 ވަނަ ކައިވެނީގެ އަހަރީ ދުވަހުގެ ހެޔޮއެދުންތައް ދިނުމުން އޭނާގެ ފޭނުންނަށް ޝުކުރު އަދާކޮށްފިއެވެ.
ޖޫން މަހުގެ ތިން ވަނަ ދުވަހު ކައިވެނީގެ 50 އަހަރު ފުރުން ފާހަގަކުރި މި ދެމަފިރިންގެ ރައްޓެހިންނާއި އާއިލާގެ މެމްބަރުން ވަނީ ސޯޝަލް މީޑިއާ، ހޫނު މަރުހަބާތަކުން ފުރާލާފައިއެވެ. އެގޮތުން ހުކުރު ދުވަހުގެ ހެނދުނު "ބިގް ބީ" ވަނީ އޭނާގެ ބްލޮގަށް ވަދެ ސަޕޯޓަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ނޯޓެއް ލިޔެފައެވެ.
"އަހަރެންގެ ހިތުގެ އެންމެ ފުންމިނުން އަހަރެންނާއި ޖާޔާގެ 50 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުން ދިން އެންމެނަށް ޝުކުރު އަދާކުރަން.. ތިޔަ ލޯތްބާއި އަޅާލުމަކީ އަހަރެމެންނަށް އެންމެ އުފާވެރިކަން ލިބޭ އެއްޗެއް " ކަމުގައި އަމީތާބް ލިޔެފައިވެއެވެ.
މީގެ އިތުރުން އެމީހުންގެ ދަރިފުޅު، އަބީޝެކް ބައްޗަން ވަނީ މައިންބަފައިންނަށް 50 ވަނަ އަހަރީ ދުވަހުގެ ހެޔޮ އެދުންތައް، ތްރޯބެކް ތަސްވީރުތަކަކާއިއެކު ހިއްސާކޮށްފައެވެ. އޭނާ ވަނީ އަމީތާބް އާއި ޖަޔާގެ ކައިވެނީގެ ފޮޓޯއެއް ވެސް ހިއްސާކޮށްފައިވެއެވެ.
ޝްވެތާ ބައްޗަން ނަންދާ ވެސް ވަނީ އޭނާގެ މައިންބަފައިންގެ އަގުހުރި ފޮޓޯއެއް ހިއްސާކޮށް، އެ ދެމަފިރިންގެ 50 އަހަރު ފުރުމުގެ މުނާސަބަތުގައި މަރުހަބާ ކިޔާފައިއެވެ. އޭނާގެ ޕޯސްޓުގައި ލިޔެފައިވަނީ "އުފާވެރި 50 ވަނަ އަހަރީ ދުވަހަކަށް މައިންބަފައިންނަށް އެދެން. މިހާރު ތިތިބީ "ގޯލްޑެން" ވެފައިކަމަށާއި އެއްފަހަރަކު ދިގު ކައިވެންޏެއްގެ ސިއްރަކީ ކޮބައިތޯ އަހާލުމުން މަންމަ ޖަވާބު ގައި ބުނީ "ލޯބި"، އަދި ބައްޕަ ބުނީ "ދަ ވައިފް އިޒް އޯލްވޭޒް ރައިޓް"ކަމަށް, ޝްވެތާ ލިޔެފައިވެއެވެ.
މީގެ އިތުރުން އަމީތާބު މިހާރު ދަނީ "ސެކްޝަން 84" ގެ ޝޫޓިން ކުރަމުންނެވެ. އަނެއްކޮޅުން ޖަޔާ ފެނިގެންދާނީ އާލިއާ ބަޓް އަދި ރަންވީރު ސިންގް އާއެކު ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ އިންނެވެ.
ގުޅުން ހުރި ޙަބަރުތައް

އަޅުގަނޑަށް ވޯޓުދެއްވި ހުރިހައި ފަރާތްތަކަށް ވެސް ޝުކުރު ދަންނަވަން: މޫސާ އަލީ ޖަލީލް
2 ގަޑިއިރު ކުރިން
.jpg&w=3840&q=75)
އެގްރޯ ނެޝެނަލް ކޯޕަރޭޝަންގެ އެމްޑީ މަގާމުން ވަކިކޮށްފި
4 ގަޑިއިރު ކުރިން

އެމެރިކާއަށް އެއްބާރުލުން ނުދިނުމަށް ގޮވާލައި، އީރާނުން ދުނިޔޭގެ ގައުމުތަކަށް އިންޒާރު ދީފި
7 ގަޑިއިރު ކުރިން

ސަލްމާ އާއި މުންދު މަގާމުން ވަކިކޮށްފި
7 ގަޑިއިރު ކުރިން


.gif&w=3840&q=75)