logo
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު

ޑްރަގުގެ ވިޔަފާރި ކުރި މީހަކު އުމުރަށް ޖަލަށް!

profile

އަހުމަދު ޒަލީފު - 22 ޖުލައި 2023 - 15:31

ޑްރަގުގެ ވިޔަފާރި ކުރި މީހަކު އުމުރަށް ޖަލަށް ލައިފިއެވެ.

https://wamco.com.mv/

މި މައްސަލައިގައި މި މަހުގެ 18 ވަނަ ދުވަހު އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ މާލެ އަށް ނިސްބަތްވާ އަހްމަދު ރަޝީދުގެ މައްޗަށެވެ.

ދައުލަތުން އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކޮށްފައިވާއިރު، އޭނާގެ މައްޗަށް މި ދައުވާ ކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުގެ މެންއދުރު އޭނާ މަސްތުވާތަކެތި ހިފައިގެން ފެމިލީ ކޯޓު ކައިރިން ދާ ކަމަށް ލިބުނު އިންޓަލިޖެންސް މައުލޫމާތަކާއި ގުޅިގެން އޭނާ ބަލާ ފާސްކޮށް، އޭނާގެ އަތުން މަސްތުވާކެތި ފެނުނު މައްސަލައިގައެވެ.

މިގޮތުން އެތަނުން އަހްމަދު ރަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާގެ ހަށިގަނޑު ބަލާ ފާސް ކުރިއިރު އޭނާ ލައިގެން ހުރި ބޮކްސާ އާއި ހަށިގަނޑާއި ދޭތެރެއިން، ކުރިމަތިން ނެގި ބޭރުން ކޮންޑަމް ލައްވާފައި ހުރި އިންސިއުލޭޝަން ޓޭޕްތަކުގެ ތެރެއިން ފެނުނު ދެ ޖޫސް ޕެޓީ ކޮތަޅުގައި 58،5875 ގްރާމްގެ ޑައިމޯފިން ފެނިފައި ވެއެވެ.

މަސްތުވާތައްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި، ހަތަރު ގްރާމަށް ވުރެ ގިނަ އަދަދަކަށް ޑައިމޯފިން ހުރެއްޖެނަމަ އެ އެއްޗެއް އޭނާގެ އަތުގައި ހުރީ، އެ އެއްޗެއް ޓްރެފިކް ކުރުމަށް ކަމަށް ބެލެވޭނެއެވެ. ޑައިމޯފިން ޓްރެފިކް ކުރުމަކީ ކުށެއް ކަމަށްވާއިރު، އޭގެ އަދަބަކީ އުމުރަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާ އިން ފެށިގެން ދިހަ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

https://etukuri.mv/
https://www.aslu.com.mv