logo

ދެކުނުގެ ސްކޫލުތަކުގެ ޕްރިންސިޕަލުންނަށް ލީޑަރޝިޕް ޕްރޮގްރާމެއް ބާއްވައިފި

profile

ޝުރުފާ މުހައްމަދު - 14 އޮކްޓޯބަރު 2024 - 11:00

ދެކުނުގެ ސްކޫލުތަކުގެ ޕްރިންސިޕަލުންނަށް ލީޑަރޝިޕް ވޯކްޝޮޕެއް--- ފޮޓޯ: އެޑިއުކޭޝަން މިނިސްޓަރީ

ދެކުނުގެ ސްކޫލުތަކުގެ ޕްރިންސިޕަލުންނަށް ލީޑަރޝިޕް ވޯކްޝޮޕެއް--- ފޮޓޯ: އެޑިއުކޭޝަން މިނިސްޓަރީ

ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނަށް ހާއްސަކޮށް ލީޑަރޝިޕް ޓްރޭނިންގ ޕްރޮގްރާމެއް ބާއްވައިފިއެވެ.

މިއީ ސްކޫލުތައް ހިންގުމުގައި ބޭނުންކުރާ ޒަމާނީ އާ ގޮތްތަކާއި، އާ އީޖާދުތަކާ ގުޅޭ މަޢުލޫމާތު ޕްރިންސިޕަލުންނާ ހިއްސާކޮށް، އަހުލުވެރިކުރުވުމަށްޓަކައި ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ދެކުނުގެ 4 އަތޮޅަށް ޚާއްސަ ކޮށްގެންނެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ އިތުރުން ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކާ ގުޅިގެން ސިލްސިލާކޮށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމްގެ މި ބުރު ކުރިއަށް ދިޔައީ ދިޔައީ އޮކްޓޫބަރު 12-13 އަށް އައްޑު ސިޓީގެ އައްޑޫ ހައި ސްކޫލުގައެވެ. މި ތަމްރީން ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވީ މެލޭޝިއާގެ ސެގި ޔުނިވަރސިޓީއިންނެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ގއ.ގދ. ސ. އަދި ޏ. އަތޮޅުގެ ސްކޫލުތަކުން 30 ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

https://int.etukuri.mv/
tel:+9607331319