logo

އައިޔޫއެމްގެ އިންޓަލެކްޗުއަލް އެޑްވާންސްމަންޓް ކޮންފެރެންސް ކާމިޔާބުކަމާއެކު ނިންމާލައިފި

profile

އައިޝަތު އިނާޝާ - 30 ސެޕްޓެމްބަރު 2024 - 17:49

އައިޔޫއެމްގެ އިންޓަލެކްޗުއަލް އެޑްވާންސްމަންޓް ކޮންފެރެންސްގެ ތެރެއިން

އައިޔޫއެމްގެ އިންޓަލެކްޗުއަލް އެޑްވާންސްމަންޓް ކޮންފެރެންސްގެ ތެރެއިން

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ކޮންމެ އަހަރަކު ބާއްވާ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ) 2024 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި އަހަރުގެ ކޮންފެރެންސްގައި ޖުމްލަ 402 ބޭފުޅުން ބައިވެރިވެފައިވާއިރު، 113 ރިސާޗް ޕޭޕަރު ވަނީ ކޮންފެރެންސަށް ހުށަހަޅާފައެވެ.

މި ރިސާޗް ޕޭޕަރުތަކުގައި ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއާއި ޤާނޫނީ ދާއިރާ ފަދަ ތަފާތު އެތައް މުހިއްމު ދާއިރާތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ބާއްވާ މި ކޮންފަރެންސް ގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތަފާތު އެކި ދާއިރާތަކުގެ ތަޖުރިބާކާރު، ޢިލްމީ ބޭފުޅުން އެއްތަންވެ، އެބޭފުޅުންގެ ޢިލްމު ހިއްސާކޮށް، ތަޢުލީމީ ދާއިރާގެ އިތުރުން އެހެނިހެން ދާއިރާތަކަށް ކުރިއެރުން ލިބުމެވެ.

މިއަހަރުގެ އައިސީއައިއޭ ކޮންފަރެންސަށް މެލޭޝިޔާ އާއި ބުރުނާއީ އަދި އިންޑޮނޭޝިއާގެ ޔުނިވާސިޓީތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. އެގޮތުން ބޭރުގެ 59 ފަރާތެއް ރާއްޖެ އައިސް މި ކޮންފަރެންސުގައި ބައިވެރިވެއެވެ.

https://wamco.com.mv/
tel:+9607331319