logo

އެޑިޔުކޭޝަން މިނިސްޓްރީން އައު ވެބްސައިޓެއް އިފްތިތާހްކޮށްފި

profile

ޒިދާން މުޙައްމަދު - 10 އޮކްޓޯބަރު 2024 - 19:28

އެޑިޔުކޭޝަން މިނިސްޓްރީން އައު ވެބްސައިޓެއް އިފްތިތާހްކޮށްފިއެވެ.

އެ މިނިސްޓްރީގެ އައު ވެބްސައިޓް އިފްތިތާހްކޮށްދެއްވީ ޑރ. އިސްމާޢީލް ޝަފީޢުއެވެ.

މި ވެބްސައިޓްއަކީ މިނިސްޓްރީ އިން 2012 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އައި ކުރީގެ ވެބްސައިޓް ރީޑިޒައިންކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ވެބްސައިޓެކެވެ. އެގޮތުން މި ވެބްސައިޓް މެދުވެރިކޮށް، މިނިސްޓްރީން ދެމުންގެންދާ ހިދުމަތްތަކުގެ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދެވި، އޮންލައިން މުއާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން ސްކޫލުތަކާ ގުޅޭ ގިނަ މައުލޫމާތާއި ތަފާސް ހިސާބު މި ވެބްސައިޓްގައި ހިމަނާފައިވެއެވެ.
މި ވެބްސައިޓް އިފުތިތާހުކުރުމަށް މިއަދު ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މި ވެބްސައިޓަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެ ގޮތަށް ފަރުމާކޮށްފައިވާ ވެބްސައިޓެއް ކަމަށެވެ. އެގޮތުން، މިނިސްޓްރީގެ ތާރީހް އަދި ކުރިން ވަޒީރުކަން ކުރެއްވި ބޭފުޅުންގެ މައުލޫމާތު މި ވެބްސައިޓުން ފެންނަން ހުންނާނެ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ސްކޫލްތަކުގެ މައުލޫމާތު ހިމެނޭހެން ކޮންމެ ސްކޫލަކަށް ހާއްސަ ވެބް ޕޭޖެއް ފަރުމާކޮށްފައިވެއެވެ. މި ޕޭޖުން، ސްކޫލުތައް އުފެދިގެން އައިގޮތާއި އެ ސްކޫލުތަކުގެ ތާރީހުގެ އިތުރުން ދަރިވަރުންނާއި މުދައްރިސުންގެ އަދަދު ފަދަ މައުލޫމާތުތައް ވަނީ ހިމަނާފައެވެ. މިއާއެކު މި ވެބްސައިޓުން ތައުލީމީ ދާއިރާގެ މުހިންމު ބައެއް ތަފާސް ހިސާބުތަކާއި، މިނިސްޓްރީގެ މުހިންމު ޚަބަރުތައް ފެންނަންހުންނާނެއެވެ.

މިނިސްޓަރ ފާހަގަކުރެއްވިގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މި ވެބްސައިޓް އިތުރަށް ތަރައްގީކޮށް، މަޢުލޫމާތު މުއްސަނދި ވެބްސައިޓަކަށް ހެދުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ އިތުރުން، ސްކޫލުތަކުން ހިންގާ ޙަރަކާތްތައް މި ވެބްސައިޓް މެދުވެރިކޮށް ފެންނަން ހުންނާނެ ގޮތް ހެދުމަކީވެސް މިނިސްޓްރީގެ އަމާޒެއް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319