logo

ރައީސްގެ އެންގެވުންތައް ފުރިހަމައަށް ތަންފީޒުކުރާނެ: އިހުސާން

profile

އާމިނަތު ޝަފާ - 07 ސެޕްޓެމްބަރު 2024 - 11:30

ދާހިލީ ވަޒީރު އަލީ އިހުސާން

ދާހިލީ ވަޒީރު އަލީ އިހުސާން

މަގުތައް ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ކަމާއިގުޅޭ މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ އެންގެވުންތައް ފުލުހުން ފުރިހަމަޔަށް ތަންފީޒު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ހުކުރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓްގައި މީހަކު މަރުވި ހާދިސާއަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވަނީ ނިންމަވާފައެވެ.

އެއާއެކު އެ ކަންކަން ފުލުހުން ފުރިހަމައަށް ތަންފީޒުކުރައްވާނެކަމަށް އިހުސާން ވަނީ ވިދާޅުވެފަައެވެ. މަގުތައް އަމާންކުރުމަށް ރައީސް އަޅުއްވަން ނިންމެވި ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފިޔަވަޅުތަކަކީ މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކައި ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުމާއި ، ރޭސިންގ އަދި ޑްރިފްޓިންގއަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް 19 އޮކްޓޯބަރ 2023 ގައި އެޗްޑީސީއިން ދީފައިވާ ހުއްދަ ވަގުތުން ބާތިލުކުރުމުގެއިތުރުން ކަނޑައެޅިފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވައި، އުޅަނދު ދުއްވާ ފަރާތުގެ ލައިސަންސްއާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމެވެ.

ނުރައްކާތެރި ގޮތްގޮތަށް އުޅަނދު ދުއްވުމުގެ މައްސަލަ ޙައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި އިރުޝާދާ އެއްގޮތަށް ފިޔަވަޅުތައް އަަޅުއްވާނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީންވެސް ވަނީ ވިދާޅުވެފައެވެ.

https://int.etukuri.mv/
tel:+9607331319