logo
ރައީސް އޮފީހުގެ  މިނިސްޓަރު އިގްބާލް އާދަމް

ރައީސް އޮފީހުގެ މިނިސްޓަރު އިގްބާލް އާދަމް

ލަޔާލްއަކީ އަޅުގަނޑުގެ ދަރިއެއް ނޫން: ރައީސް އޮފީހުގެ މިނިސްޓަރ އިގްބާލް

profile

މުޙައްމަދު ފަޟްލޫން - 25 އޭޕްރީލު 2025 - 12:42

މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަ ލަޔާލަކީ ރައީސް އޮފިީހުގެ މިނިސްޓަރު އިގްބާލް އާދަމްގެ ދަރިއެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މިނިސްޓަރު އިގްބާލް މިފަދައިން ވިދާޅުވީ އެކްސްގައި މީހަކު އެމަނިކުފާނަށް ކުރެއްވި ތުހުމަތުތަކަކާއި ގުޅިގެންނެވެ.

ޑރ އަބްދުލް ގަނީ ގެ ނަމުގައި އެކްސް އެކައުންޓަކުން ކޮށްފައިވާ ޕޯސްޓެއްގައި ފޮޓޯއެއް ހިއްސާކޮށް މިނިސްޓަރު އިގްބާލު ޓެގްކުރައްވައި ބުނެފައިވަނީ ފުރާޅެއް މަތިން ވެއްޓުނު އަންހެން މީހާގެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ލަޔާލް އަކީ މިނިސްޓަރު އިގްބާލްގެ ދަރިއެއް ކަމަށެވެ. އެ މައްސަލަ ނުބެލޭނެ ސަބަބަކީ އެއީ ކަމަށް ވެސް އަބްދުލް ގަނީގެ ޕޯސްޓްގައި ބުނެފައިވެއެވެ.

އަބްދުލް ގަނީ އިތުރަށް ބުނެފައިވަނީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް އަކީ ލަޔާލްގެ ބޮޑުބޭބެ ކަމަށާއި ލަޔާލް އަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އާއިލީ ބޭފުޅެއް ކަމަށެވެ.

އަބްދުލް ގަނީގެ ޕޯސްޓަށް ރައްދުދެއްވައި މިނިސްޓަރު އިގްބާލް ވިދާޅުވީ ދައުރުވަމުންދާ ފޮޓޯގައިވާ ލަޔާލަކީ އެމަނިކުފާނުގެ ދަރިއެއް ނޫން ކަމަށެވެ. އަދި ލަޔާލަކީ އެމަނިކުފާނުގެ އާއިލާއާއި ގުޅުންހުރި ކުއްޖެއް ނޫން ކަމަށްވެސް މިނިސްޓަރު އިގްބާލް ވިދާޅުވެފައިވެއެވެ. އަދި އެފަދަ ބޮޑެތި ދޮގު ހަބަރު ނުފެތުރުމަށް މިނިސްޓަރު އިގްބާލް ވަނީ އަބްދުލް ގަނީއަށް ނަސޭހަތްތެރިވެލައްވާފައެވެ.

ފަސާދަ އުފެދޭފަދަ ބުހުތާނު ދޮގު ނުފެތުރުމަށް މިނިސްޓަރު އިގްބާލް ވަނީ އަބްދުލް ގަނީ ޓެގް ކުރައްވައި އެކްސްގައި ގޮވާލައްވާފައެވެ.

މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު ހެންވޭރުގައި ގެއެއްގެ ފުރާޅެއްގެ މަތީގައި ވެއްޓިފައި އޮތް އަންހެނެއްގެ މައްސަލަ ފުލުހުން ބަލަމުންދާއިރު އެ މައްސަލައިގެ ތުހުމަތުގައި ޝާމިލްވާ 8 މީހެއްގެ ފޮޓޯ ފުލުހުން ވަނީ އާއްމުކޮށްފައެވެ. އެ މައްސަލަ ފުލުހުން ތަހުގީގް ކުރަމުންދާއިރު މައްސަލައިގައި ތުހުމަތު ކުރެވޭ އެންމެންގެ ޕާސްޕޯޓް ފުލުހުން ވަނީ ހިފަހައްޓާފައެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay