logo

އައްޑޫ ޢީދި ސަމާ 1446: އައްޑޫގައި ފުރަމަތަ ފަހަރަށް ސިމްބޮލިކް ރެކޯޑްސް ޕަފޯމްކުރާ ޝޯވއެއް!

profile

ޒިދާން މުޙައްމަދު - 29 މޭ 2025 - 17:16

އައްޑޫ ސީޓީގައި ފުރަމަތަ ފަހަރަށް ސިމްބޮލިކް ރެކޯޑްސް ޕަފޯމްކުރާ ޝޯވއެއް ބާއްވާނެކަން އިއުލާންކޮށްފިއެވެ.

https://wamco.com.mv/

މިޝޯވއަކީ އައްޑޫ ސިޓީގައި މިއަހަރުގެ ބޮޑު ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް ކުރިއަށްގެންދާ "އައްޑޫ ޢީދި ސަމާ 1446"ގެ އިވެންޓްސްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރާއްޖޭގައި އެންމެ މަގުބޫލް ރެކޯޑް ލޭބަލް - ސިމްބޮލިކް ރެކޯޑްސްއިން މުޅިން އަލަށް އައްޑޫ ސިޓީގައި ޕަފޯމްކުރުމަށް ހަމަޖެހިފައިވާއިރު، މިޝޯވ އޮންނާނީ އައްޑޫ މީދޫގައެވެ.

ސިމްބޮލިކުން އައްޑޫ ސިޓީގައި ކުޅޭ އަލަތު ޝޯވ އޮންނާނީ މީދޫ ބަނދަރު ސަރަހައްދުގައި ޖޫން 8 ވަނަ ދުވަހުގެ ރޭގަނޑު 21:00ގައެވެ.

"އައްޑޫ ޢީދި ސަމާ 1446"ގެ މީޑިއާ ޕާޓްނަރަކީ އަސްލު ޓީވީއެވެ.

އަސްލު ޓީވީއިން މިއަހަރުގެ ބޮޑު ޢީދު ކަވަރޭޖް އައްޑޫ ސިޓީއިން ގެނެސްދޭ ގޮތަށް ހަމަޖައްސާފައިވާއިރު މިކަން އިޢުލާންކުރައްވާފައި ވަނީ، އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރުއެވެ.

މޭޔަރު ނިޒާރު ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލާއި މުވައްސަސާތައް އަދި ރައްޔިތުން ގުޅިގެން ކުރިއަށްގެންދާ އައްޑޫ ޢީދި ސަމާ 1446ގެ ކުޅިވަރުތަކާއި ހަރަކާތްތައް ދުރަށް ދައްކާނީ އަސްލު ޓީވީއިން ކަމަށެވެ.

މީޑިއާނެޓްގެ ޗެނަލް ނަމްބަރު 110 އަދި ސޯޝަލްމީޑިއާގެ ޕްލެޓްފޯމްތަކުން އަސްލު ޓީވީން ކޮންޓެންޓް ސްޓްރީމް ކުރަމުން އަންނައިރު، އައްޑޫ ސިޓީ މޭޔަރު ވިދާޅުވީ، އައްޑޫ ޢީދި ސަމާގެ ފޯރި މުޅި ރާއްޖެއަށް ދުރަށް ދެއްކުމަށް އަސްލު ޓީވީގެ ޓީމެއް އައްޑޫ ސިޓީއަށް ޒިޔާރަތްކުރާނެ ކަމަށެވެ.

އައްޑޫ ޢީދި ސަމާ 1446ގެ މީޑިއާ ޕާޓްނަރަކީ އަސްލު ޓީވީކަން ފާހަގަކުރައްވަމުން މޭޔަރު ނިޒާރު ވިދާޅުވީ، އަސްލު ޓީވީ މެދުވެރިކޮށް ވީހާވެސް ގިނަ ދިވެހީން އައްޑޫގެ ޢީދު ކުޅިވަރުތަކާއި ހަރަކާތްތައް ބަލާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މި ޓީމުގައި އަސްލު ޓީވީގެ ނޫސްވެރިންނާއި ޕްރެޒެންޓަރުން، ކެމެރާމަނުން، ޓެކްނީޝިއަނުން، އޮންއެއަރ އޮޕަރޭޓަރުން އަދި ޕްރޮޑިއުސަރުންގެ ކްރޫއެއް ހިމެނޭނެއެވެ.

އައްޑޫ ސިޓީގައި ކުރިއަށްގެންދާ ޢީދުގެ ހަރަކާތްތަކުގެ މަންޒަރާއި އަޑުތައް ރެކޯޑްކޮށްގެންނާއި ވަގުތުން ދުރަށްދައްކައިގެން، މުޅި ރާއްޖެއަށް އަސްލު ޓީވީން ފޯރުކޮށްދޭނެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay