
ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓް ރަފިޢުއްދީން އަޙްމަދު
އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ، ރަފިޢުއްދީން އަޙްމަދުގެ ސުލޫކީ މައްސަލައެއް ބަލަމުންދާކަމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހާމަކޮށްފި

ޔޫޝައު ހަސަން - 27 ޑިސެމްބަރު 2022 - 08:40
އައްޑޫ ސިޓީގެ ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓު ރަފީއުއްދީން އަހްމަދުއާ ގުޅޭ ސުލޫކީ މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހާމަކޮށްފިއެވެ.
ޖޭއެސްސީން ހާމަކުރި ގޮތުގައި ރަފީއުއްދީންގެ މައްސަލަ ބަލަން ފެށީ، އަވަސް ނިޔާގެ ހުކުމް ކުރަންޖެހޭ މައްސަލައެއްގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 151 ވަނަ މާއްދާގެ ބ. އާ ހިލާފަށް މައްސަލައިގެ ހުކުމް ކޮށްފައިނުވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
އެމައްސަލަ ތަހުގީގު ކުރުމަށް ނިންމައި ޑިސެމްބަރު 21 ގައި ވަނީ އެކަމަށް ޚާއްޞަ ކޮމެޓީއެއް އެކުލަވައިލާފައި ކަމުގައި އެފަރާތުން މަޢުލޫމާތު ދެއްވައެވެ.
ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީންގެ މައްސަލައެއް ޖޭއެސްސީން ބަލަން ފަށާފައިވާއިރު ހައި ކޯޓުގެ އަމުރަކަށް ޝަރީއަތް ނިމެންދެއް ބަންދުގައި ބަހައްޓާފައި ހުރި މީހަކު ދޫކޮށްލުމަށް މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރަފީއުއްދީން ހުންނަވައިގެން ހިތަދޫ ކޯޓުން އަމުރެއް ނެރުނު މައްސަލައެއް ފެންމަތިވި އެވެ. ހިތަދޫ މެޖިސްޓްރޭޓްކޯޓުން ނެރުނު އެ އަމުރުގައި ވަނީ ހައިކޯޓުގެ އަމުރު ސަސްޕެންޑުކުރާ ކަމަށް ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭކަމަށް ބުނެ ހިންގާ ސްކޭމްތަކަށް ސަމާލުވޭ: ފުލުހުން
3 ގަޑިއިރު ކުރިން
-1788853503519.webp&w=3840&q=75)
އެންއެސްއައިޓީ ބެޗް 3: "ކޭމްޕް ފަންވަރު" ކާމިޔާބުކަމާއެކު ނިންމާލައިފި
4 ގަޑިއިރު ކުރިން

ޒުވާން ޚަޠީބުންނަށް ހިތްވަރުދިނުމުގެ ގޮތުން ޚާއްޞަ މަހާސިންތާއެއް!
4 ގަޑިއިރު ކުރިން

ލ. ގަމުގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓުގެ 95 އިންސައްތަ މަސައްކަތް ނިމިއްޖެ
4 ގަޑިއިރު ކުރިން


